ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ގައްޒާފީ ވެރިކަމުން ފޭބުން ކަމުގައި އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
ގައްޒާފީގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު 'ސުލްހައިގެ' ވާހަކަތައް ދެކެވުނުކަމުގައިވިޔަސް ގައްޒާފީ ވެރިކަމުގައި ހުންނަ ގޮތަކަށް 'ސުލްހަ' ވެވެން ނޯންނާނެކަމަށާއި ސުލްހައިގެ ޕްލޭންގައި ގައްޒާފީ ވެރިކަމުން ފައިބާނެކަމަށް އޮންނަންވާނެކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ހަރުއަޑުން ބުނަމުންނެވެ. އެހެނަސް ގައްޒާފީގެ ސަރުކާރުން އިދިކޮޅު ފަރާތްތަކާއި ވާހަކަ ދައްކަމުން ދަނީ ގައްޒާފީ ވެރިކަމުގައި ހުރެ މިމައްސަލައަށް ހައްލު ހޯދުމަށެވެ. ކަންމިހެން ހުރިއިރު އިދިކޮޅު ފަރާތްތަކުޖައްސަމުންދާ އެންމެ ބޮޑު މައްސަލައަކީ 'ގައްޒާފީ ވެރިކަމުގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހުރުމެވެ.
ލީބިޔާގެ ރައްޔިތުންވަނީ މަގުމަތަށް ނުކުމެ ލީބިޔާގެ ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކޮށްފައެވެ. އަދި މިމުޒާހަރާތަކުގެ ތެރެއަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ވަނީ ވަދެ ގައްޒާފީ އާއި ދެކޮޅަށް ޒަމާނީ ހަތިޔާރުގެ ބޭނުން ކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...