ދީންސުވާލާއި ޖަވާބު

ފިރިމީހާ އެއްވެސް ގޮތަކަށް ނަމާދު ނުކުރަންޏާ އޭނާ އެކު އުޅެވޭނެތޯ؟

ސުވާލު:ފިރިމީހާ އެއްވެސް ގޮތަކަށް ނަމާދު ނުކުރަންޏާ އޭނާ އެކު އުޅެވޭނެތޯ؟ ނަސޭހަތްތެރިވުމުންވެސް ރަގަޅު ނުވި. މި ކަމުގައި ވަރި ވުމަކީ ކޮންކަހަލަ ކަމެއްތޯ؟ މި ސުވާލު ޝާއިރު ނުކުރެއްވުން އެދެމެވެ. މީގެ ޖަވާބު ވަރަށް އަވަހަށް ލިބޭނެކަމަށް އުއްމީދު ކުރަމެވެ.

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ސުވާލުގައި ބަޔާން ކުރައްވާފައިވާގޮތަށް ކަންތައް ހުރިނަމަ އެފަދަ މީހެއްގެ ކައިރިން ވަރިއަށް އެދެވިދާނެއެވެ. އަދި އޭނާގެ ފަރާތުން އެދެވޭ އިޖާބައެއް ނުލިބިއްޖެނަމަ މައްސަލަ ކޯޓަށް ހުށަހަޅައިގެން ގާޒީ މެދުވެރިކޮށް ކައިވެނި ފަސްޚުކުރެވިދާނެއެވެ. ނަސޭޙަތް ދިނުމުގެ އިތުރަށް އޭނާޔަށް ތެދުމަގުދައްކަވާތޯ ގިނަގިނައިން ދުޢާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ދުޢާޔަކީ އަޅުގަނޑުމެން އެންމެނަށް ﷲ ހިދާޔަތް ދެއްކެވުމެވެ. والله أعلم

 

 

ގުޅުންހުރި

1 ޚިޔާލު

  1. ރޯދަޔަށް ހުރެ ފިރިމީހާ ގައިގަ ބެއްދުމަކީ ކޮންކަހަލަ ކަމެއްތޯ؟

Your email address will not be published.

More in ދީން