ކިޔަވާކުދިންނަށް ޚާއްޞަކޮށްގެން " މުސްލިމް ކުދިންގެ އަޚްލާޤް " މިމައުޟޫއަށް ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފިއެވެ. އެޖަމްޢިއްޔާ އިން މަޢުލޫމާތު ދެއްވާ ގޮތުގައި މިހިނގާ އޭޕްރީލް މަހުގެ 15 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ދަރުސް ދެއްވާނީ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް އެވެ. އަދި 6 އަހަރާއި 15 އަހަރާއި ދެމެދުގެ ކިޔަވާ ކުދިންނަށް މިދަރުސް ޢަމާޒުކުރެވުނު ކަމުގައިވިޔަސް، އެހެނިހެން އުމުރުތަކުގެ ކުދިންނަށްވެސް މިދަރުސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށާއި، ބެލެނިވެރިއަކާއި އެއްކޮށް ވީހާވެސް ގިނަ ކުދިން މިދަރުސް އަށް ޙާޟިރުވުމަށް ޖަމްޢިއްޔަތުއްސަލަފުން އެދިލައްވައެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބޭގޮތުގައި މިދަރުސަކީ މިފަދަ ގޮތަކަށް ކުޑަކުދިންނަށް އަމާޒުކޮށްގެން މާލޭގައި އެޖަމްޢިއްޔާގެ ފަރާތުން ބާއްވާ ފުރަތަމަ ދަރުސެވެ.
ކިޔަވާ ކުދިންގެ އަޚްލާޤީ ފެންވަރު ރަނގަޅުކުރުމަށްޓަކައި ތަޢުލީމީ ދާއިރާގެ ވެރިންނާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ޖަމްޢިއްޔާތަކުންނާއި، ޢާއްމުކޮށް ހުރިހާ ފަރާތްތަކުންވެސް މިހާރަށް ވުރެ ބޮޑަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...