އެމެރިކާ

ތޯލިބާނުންގެ އަތުން އެމެރިކާ ޗިސްޗިސްވަނީ

ލިޔުނީ: އ އިބްނި ނޫޙް

ދުނިޔޭގެ އެކިޤައުމުތަކަށް އަރާ ޤައުމުތައް ސުންނާފަތިކުރަމުން އަޅުވެތިކުރަމުންގެންދާ ދުނިޔޭގެ ސުޕަޕަވަރުކަމަށް ދަޢުވާ ކުރާ އެމެރިކާނުން އަފްޣާނިސްތާމުގައި ކުރަން ބޭނުންވާ އެއްވެސް ކަމެއް ނުކޮށް ފައިބަންޖެހޭ ވަގުތު މިހާރު ވަނީ ވަރަށްވެސް ކައިރިވެފައެވެ. މިކަން ހާމަ ވެގެންދާކަމުގެ އެއްދަލީލަކީ ނޭޓޯގެ ގުޅިފައިވާ ލަޝްކަރު އަފްޣާނިސްތާނުގެ ސަރުކާރު ސިފައިންގެ އެހީއާއިއެކު މުޝްތަރަކު ނަމުން ނަންދެވިފައިވާ މިޝަން ސިފަކޮށްދެމުން ޕާކިސްތާނުގެ ކުރީގެ އިންޓެލިޖެންސީގެ ރައީސް ޙަމީދުޤުލް އާއި އަލްޖަޒީރާއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ތޯލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އަނބުރާ ވަރަށްއަވަހަށް އަންނާނެކަމަށެވެ. އަދި ތޯލިބާނުންނަކީ ކޮންބައެއްކަން އެމެރިކާނުންނަށް އެއްގޮތަކަށްވެސް ނޭނގޭކަމަށެވެ. އަދިވެސް އިތުރަށް ހާމަކުރެއްވިގޮތުގައި ތޯލިބަނުންނަކީ މާސްޕްލެނެޓުން އައިސްތިބި ބައެއްނޫންކަމާއި އެބައިމީހުންނަކީ އަފްޣާނިސްތާނުގެ ޙަޤީޤީ ރައްވެހިންކަމަށެވެ. އެތާނގައި އުޅެމުންދަނީ އަފްޣާނީ ދަރީންކަމަށެވެ. އެހެން ކަމުން އެއްވެސް ޝައްކެއްނެތްގޮތުގައި ތޯލިބާނުން ބަލިކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. މީގެ އިތުރުން ޤުލް ވަނީ މުޅިދުނިޔެއަށް ސުވާލެއް ކޮށްފައެވެ. އެއީ އަނބުރާ އެވަތަނަކަށް ރުޖޫޢަވާނީ ކޮންބައެއްހެއްޔެވެ؟ މިއެވެ.

އަލްޖަޒީރާއިން އިތުރަށް ކުރިސުވާލެއްގައި ތޯލިބާނުން އަނބުރާ ވެރިކަމަށް އަންނާނެ ދުވަހާއި ބެހޭގޮތުން ސުވާލުކުރުމުން ޤުލް ވިދާޅުވީ ލަފާކުރެވޭގޮތުގައި ވަރަށްކައިރިމުސްތަޤްބަލެއްގައި އެދުވަސް ފެނިގެންދާނެކަމަށެވެ. އަދި ހަމަ އެއާއެކު އެމެރިކާނުންނާއި އަދި އެހެނިހެން ޤައުމުތަކުން ކުރަމުންގެންދާ ހަނގުރާމައަށް ވަރަށް ކަވިނަޒަރަކުން ވިސްނާލުން މުހިއްމެވެ. މިފަދަ ޙަރަކާތްތައް ހިނގާގޮތާއިމެދު އިތުރަށް ދިރާސާކޮށް ވިސްނާލުމުން ތޯލިބާނުންނަށް ނަޞްރުލިބޭނޭކަން ޔަޤީންވެއެވެ.

މިފަދަ ވަގުތެއްގައި އަޅުގަނޑުމެންނަށް ހަނދާން އާކޮށްދެނީ އިސްލާމްދީނަށްޓަކައި މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޢިލްމުވެރިއެއްކަމުގައިވާ އިޙްސާން އިލާހީ ޡަހީރީ އޭނާ މިދުނިޔެ ދޫކޮށް ދިއުމުގެ ކުޑަހިނދުކޮޅެއްކުރިން ވިދާޅުވެދެއްވި ޅެންބައިތެކެވެ.

" ކާފިރުހެތޮ ޝަމްޝީރުޕެ ކަރްތާހެ ބަރޯސާ
މޫމިންހެތޮ ބޭތާބުޕެ ލަޅުތާހެ ސިޕާހީ "

" ކާފަރުން ބަރޯސާވާނީ ހަތިޔާރުގެ މައްޗަށެވެ. މުއުމިނުން ބަރޯސާވާނީ އެބައިމީހުންގެ އީމާނުގެ މައްޗަށެވެ ".

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *