އައްޑޫ ސިޓީ މަރަދޫގައި އަލަށް އިމާރާތް ކުރި މިސްކިތް، "މަސްޖިދުއްރައްޔާން" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުގެ ހުކުރު ނަމާދުގެ ކުރިންނެވެ.
މި ރަސްމިއްޔާތުގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި މަރަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރި މި މިސްކިތަކީ އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮތް މިސްކިތެކެވެ. މިއީ މަރަދޫގެ ރައްޔިތުންނަށް ނަމާދު ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ބިނާއެކެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަސައްކަތް ނިންމައި، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ވަނީ އަމާޒު ހިފާފައެވެ. މިއަދު ހުޅުވުނު މަސްޖިދުއްރައްޔާން އަކީ މި މަޝްރޫޢުގެ ދަށުން ނިންމާލެވުނު މުހިންމު އެއް މަސައްކަތެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...