ރާއްޖޭގެ ޚަބަރު ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ މާތްވެގެންވާ އިސްލާމްދީން: ރައީސް

ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ މާތްވެގެންވާ އިސްލާމްދީން: ރައީސް

ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ މާތްވެގެންވާ އިސްލާމްދީން: ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޅުގަނޑުމެންގެ ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރެވޭ ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މި ވާހަކަ ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މީގެ 899 އަހަރު ކުރިން ދިވެހިން އިސްލާމްދީން ޤަބޫލުކުރުމުގައި ދައްކުވައިދިނީ ކިޔަމަންތެރިކަމާއި ޞުލްޙަވެރިކަމާއި ބަދަހިކަމާއެކު އެންމެން އެކީ ހެޔޮގޮތް ޚިޔާރުކުރުމުގެ ރީތި ނަމޫނާއެކެވެ. "އެދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން މި ޤައުމުގައި ދެމިއޮތީ، ދިވެހިންނަކީ ޙައްޤުގެ މަގުގައި ތިބި އެއްބައިވަންތަ ބަޔަކަށް ވާތީ" ކަމަށް ރައީސް ވިދާޅުވިއެވެ.

މާތްވެގެންވާ އިސްލާމްދީނާއި ދިވެހީންގެ އަމިއްލަވަންތަ ރީތި ސިފަތައް އަކީ ކޮންމެ ދިވެއްސަކުވެސް އެމީހެއްގެ ދަރީންނަށް ވާރުތަކޮށްދޭންޖެހޭ އެންމެ އަގުހުރި ތަރިކަ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި އަގުހުރި ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަތިވެރި ނަޞީބު ހުރިހާ ޒަމާނެއްގައިވެސް ދިވެހީންނަށް މިންވަރުކުރެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ކުރައްވާފައެވެ. ރާއްޖެ އިސްލާމްވީ ދުވަހަކީ ދިވެހި ތާރީޚުގައި އެންމެ މުހިންމު އެއް ދުވަސް ކަމުގައި ބެލެވެއެވެ.

ޓެގް

ރާއްޖެ އިސްލާމްވީ ދުވަސް ރައީސް ޑރ މުޙައްމަދު މުއިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.