އެމެރިކާ

ކުޑަހިނދުކޮޅެއްގެ ތެރޭގައި ޗިލީއަށް އައި ބިން ހެލުމުގައި 300 މަރު

ހަބަރު: އަލީ އަހްސަން

ކުޑަހިނދުކޮޅެއްގެ ތެރޭގައި ޗިލީއަށް އައި ބިން ހެލުމުގައި 300 މީހުން މަރުވެއްޖެއެވެ.

ރެކްޓާރ މިންގަނޑުން 8.8 ގައޮ ރެކޯޑްކުރެވިފައިވާ މިބިންހެލުން އައިސްފައިވަނީ ކަނޑުގެ 59.4 ކިލޯމީޓަރު އަޑިއަށްކަމަށް މީޑިއާތަކުން ހަބަރުދެއެވެ. އިއްޔެ ޗިލީގެ ގަޑިން ފަތިހު 3:34 ގައި އައި މިބިންހެލުން ދެމިގެން ދިޔައީ އެންމެ 20 މިނިޓަށް ކަމަށްވެއެވެ. އެހެނަސް 'އެންމެ 20 މިނިޓް'ތެރޭގައި ބިންހެލުމުންވެސް ބޮޑެތި މަގުތަކަށް ގެއްލުން ލިބި  ބައެއް އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. އަދި މިކާރިސާގެ ސަބަބުން ކަރަންޓާއި ފެނާއި ފޯނުގެ ހިދުމަތްވަނީ މެދުކެނޑިފައެވެ.

ބިންހެލުމުގައި ހާލުގައި ޖެހުނު އެތައް ހާސް މީހުންނަށް އެހީތެރިވުމަށް ޗިލީގެ ސަރުކާރުން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެހެނަސް މަގުތަށް ހަލާކުވެފައިހުރުމާއި ޗިލީގެ ރައްޔިތުން ލިބިފައިވާ 'ކުއްލި' ބިރުވެރިކަމުގެ ސަބަބުން މަސައްކަތަށް ދަނީ ބުރޫއަރަމުންނެވެ.

ޗިލީއަށް އައި ބާރުގަދަ މި ބިންހެލުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ސުނާމީވެސް ވަނީ އަރާފައެވެ. ބިންހެލުމަށްފަހުގައިވެސް ވަނީ ޗިލީއަށް އިތުރު 'ކުދި ކުދި ބިންހެލުންތައް' އައިސްފައެވެ. އެގޮތުން އެފަދަ 10 ވަރަކަށް ބިންހެލުން އައިސްފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

ފަހަކަށް އައިސް ދުނިޔޭގެ އެތަން މިތަނުގައި މިފަދަ ކާރިސާތައް މެދުވެރިވުންވަނީ އާންމުވެފައެވެ. ޒަލްޒަލާތަކާއި ތޫފާންތަކުން ދުނިޔެމިވަނީ އަބަދުވެސް ބިރުވެރިކަމެއްގެ ތެރޭގައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މިފަދަ ކާރިޘާތަކުން އަޅުގަނޑުމެން ޢިބުރަތް ޙާޞިލްކުރަމާ ބަހީ.‫​ “ބިންހެލުންތަށް ގިނަވުމަކީ ޤިޔާމަތް ދުވަސް ކައިރިވެއްޖެކަމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.‫​” ޙަދީޘް

Your email address will not be published. Required fields are marked *