ސިވިލް ސަރވިސްގެ ޤަވާއިދަށް ގެނެވުނު އިސްލާހާ ގުޅިގެން މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ނުކުމެވޭގޮތް ވުމާއެކު، މިކަމަށްޓަކައި ރައީސް މުހައްމަދު މުޢިއްޒަށް ވަޒީރު ޝަހީމް ޢަލީ ސަޢީދު ޝުކުރު އަދާކުރައްވައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ޢާންމުކުރި ސިވިލް ސާވިސްގެ ޤަވާއިދުގެ 13 ވަނަ އިސްލާޙުގައިވާ ގޮތުން، ކުރިން އެ ޤަވާއިދުގެ 145 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހުން"ގެ ބައި ވަނީ އުވާލާފައެވެ.
މި އިސްލާހާ ގުޅިގެން ވަޒީރު ޝަހީމް ވިދާޅުވީ، އަޅާފައި ހުންނަ ހެދުމުގެ ސަބަބުން ވަޒީފާއިން މަހްރޫމްކުރި ޒަމާން ފާއިތުވެ، އިޖްތިމާޢީ ޢަދާލަތު ޤާއިމުވެ، މޫނު ބުރުގާއާމެދު އޮތް ތަފާތު ކުރުން ނެތިވެގެން ދިއުމަކީ އަންހެނުންގެ ވަޒީފާގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ފަހިވި ފުރުޞަތެއް ކަމަށެވެ.
އައު އިސްލާހުގެ ދަށުން ސިވިލް ސާވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށާއި، އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި މަޤާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބަދަލަކީ ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ހަމަހަމަކަން ގެނެސްދޭ، އަދި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ބަދަލެއްކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...