ރާއްޖޭގެ ޚަބަރު ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު 27 ރަމަޟާންގައި ދެއްވަނީ

ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު 27 ރަމަޟާންގައި ދެއްވަނީ

ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު 27 ރަމަޟާންގައި ދެއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، މިއަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވުމަށް ވަނީ ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން މިގޮތަށް ހަމަޖެއްސެވި ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ޙާފިޡުންނަށް ރަސްމީކޮށް ސަނަދު ހަވާލުކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން 27 ވަނަ ރޭ ބާއްވަވާ ޖަލްސާގައި ކަމަށްވާތީ ކަމަށެވެ. އަދި މި ޖަލްސާއަކީ މެޑެއްޔާއި އިނާމު ދިނުމަށް އެންމެ އެކަށީގެންވާ ފުރުސަތު ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ފާއިތުވި އަހަރު ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ދެއްވާފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. ނަމަވެސް މިއަހަރު މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ މާތް ރެއެއްގައެވެ.

މި ސަރުކާރުން ވަނީ ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުން އުފެއްދުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައެވެ. މިގޮތުން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ޙާފިޡުންނަށް ލިބޭ އިނާޔަތް ދެގުނައަށް އިތުރުކުރެއްވުމާއި، ކޮންމެ ދަރަޖައެއްގައި ފާސްވި ނަމަވެސް ޤައުމީ އިނާމު ދެއްވުމަށް ނިންމެވުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ކުރިއަށް އޮތް ތަނުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް އިތުރަށް ފުޅާކުރެއްވުމަށް ރޭވިފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.