ރާއްޖޭގެ ޚަބަރު ޤަޠަރަށް ދިން ހަމަލާ ދިވެހި ޚާރިޖިއްޔާއިން ކުށްވެރިކޮށްފި

ޤަޠަރަށް ދިން ހަމަލާ ދިވެހި ޚާރިޖިއްޔާއިން ކުށްވެރިކޮށްފި

ޤަޠަރަށް ދިން ހަމަލާ ދިވެހި ޚާރިޖިއްޔާއިން ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ޤަޠަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، "މި ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނާއި މުޅިން ޚިލާފު އަދި ޤަޠަރުގެ ސަލާމަތާއި، ސިޔާދަތީ މިނިވަންކަމަށް އަރައިގަތުމުގެ ފިނޑިއަމަލެއް" ކަމަށެވެ.

މީގެއިތުރުން، މިފަދަ ޣައިރު ޤާނޫނީ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތަށް އިތުރަށް ހުރަސްއެޅި، މަސްރަހު އިތުރަށް ހޫނުވެ، އެ ސަރަޙައްދުގައި ސުލްޙަވެރި ޙައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭކަން ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއަޅާފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރައްވާފައެވެ. އަދި އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކަށް ޖަވާބުދާރީކުރުވައި އަވަސް ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލައްވާފައިވެއެވެ.

ޓެގް

ދިވެހި ޚާރިޖިއްޔާ ޤަޠަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.