ރާއްޖޭގެ ޚަބަރު ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އޮކްޓޯބަރު މަހު ނިންމަނީ

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އޮކްޓޯބަރު މަހު ނިންމަނީ

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އޮކްޓޯބަރު މަހު ނިންމަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހއ. ދިއްދޫގައި ސަރުކާރުން ތަރައްޤީކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް އޮކްޓޯބަރު މަހުގެ މެދުތެރެއަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

1500 މީހުންނަށް ނަމާދުކުރެވޭ ޖާގައާއެކު ތަރައްޤީކުރަމުންދާ މި މަރުކަޒުގެ މަސައްކަތުގެ 99 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މިވަގުތު ކުރިއަށްދަނީ މިސްކިތުގެ އެތެރޭގެ ފިނިޝިން މަސައްކަތްތަކާއި، ފަރުނީޗަރާއި އައިޓީ އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތްތަކެވެ. އަދި މަރުކަޒުގައި ޤާއިމުކުރާ ލައިބްރަރީއަށް ފޮތް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

50 މިލިއަން ރުފިޔާގެ ބަޖެޓެއްގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމް ވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން 2 ސެމިނަރ ރޫމާއި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ޖާގަވެސް މި މަރުކަޒުގައި ހިމެނެއެވެ.

7000އެއްހާ މީހުން ދިރިއުޅޭ ދިއްދޫގައި މިވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދާއިރު، ހުކުރު ނަމާދު އަދާކުރެވެނީ 3 މިސްކިތެއްގައެވެ. ރަށުގެ ހިއްކި ބިމުގެ ސަރަހައްދުގައި އަލަށް ތަރައްޤީކުރާ މި އިސްލާމީ މަރުކަޒާއެކު، މިސްކިތުގެ ޖާގައިގެ މައްސަލަ ހައްލުވެ، އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދެއް ވަނީ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން މަސައްކަތް ނިންމުމަށް ވަނީ ރޭވިފައެވެ.

ޓެގް

ހއ.ދިއްދޫ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިސްލާމީ މަރުކަޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.