ރާއްޖޭގެ ޚަބަރު 'މަޢުރިފާ'ގެ ނަމުގައި މިމަހު އިސްލާމީ ފޮތް މަޢުރަޒެއް ބާއްވަނީ

'މަޢުރިފާ'ގެ ނަމުގައި މިމަހު އިސްލާމީ ފޮތް މަޢުރަޒެއް ބާއްވަނީ

'މަޢުރިފާ'ގެ ނަމުގައި މިމަހު އިސްލާމީ ފޮތް މަޢުރަޒެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

'މަޢުރިފާ'ގެ ނަމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން އިސްލާމީ ފޮތް މަޢުރަޒެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 އިން 28 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

'ފޮތްތެރިކަން - ބުއްދީގެ ކާނާ' މި މަޢުޟޫއުއަށް ބާއްވާ މި މަޢުރަޒުގެ މަޤުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި މަޢުރަޒުން 15 ފަރާތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ބައިވެރިވާން އެދޭ ތަރުތީބުން އެންމެ ފުރަތަމަ ކުރިމަތިލާ 15 ފަރާތަށެވެ.

ޓެގް

އިސްލާމީ ފޮތް މައުރަޒު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.