ރާއްޖޭގެ ޚަބަރު އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޒަޔަނިސްޓުން އަޤްޞާ މިސްކިތަށް ވަދެގަތުން ކުށްވެރިކުރައްވައިފި

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޒަޔަނިސްޓުން އަޤްޞާ މިސްކިތަށް ވަދެގަތުން ކުށްވެރިކުރައްވައިފި

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޒަޔަނިސްޓުން އަޤްޞާ މިސްކިތަށް ވަދެގަތުން ކުށްވެރިކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަލް އަގްސާ މިސްކިތަށް ޒަޔަނިސްޓުން އަރައިގަނެ ހިންގާފައިވަ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ވަޒީރުގެ ރަސްމީ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި މިފަދަ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައިވެއެވެ. އެގޮތުން ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާ ޚިލާފަށް ޒަޔަނިސްޓުން ހިންގަމުންދާ މިފަދަ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވަޒީރު ގޮވާލައްވާފައިވެއެވެ.

އިޒްރޭލްގެ ސަލާމަތީ ބާރުތަކުގެ ރައްކާތެރިކަމުގެ ދަށުން، އެ ޤައުމުގެ ވަޒީރުންނާއެކު ޒަޔަނިސްޓުންގެ ބަޔަކު އިއްޔެ އަލް އަގްސާ މިސްކިތަށް ވަދެ، އިސްލާމްދީނުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލުތަކާއި ޔަހޫދީ ދީނުގެ އަޅުކަން ފާޅުގައި ކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.

އިއްޔެގެ ވަގުތެއްގައި މަސްޖިދުލްއަޤްޞާގެ ތެރެއަށް ވަދެގަތް ޒަޔަނިސްޓުން ލީޑް ކޮށްފައިވަނީ އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން ގްވީރް އެވެ. އެތާނގައި ހުރެ އޭނާ ބުނެފައިވަނީ އިޒްރޭލުން ޣާޒާ އެއްކޮށް އަތުލައިގަންނަން ޖެހޭކަމަށާއި، ހަނގުރާމާގައި ކާމިޔާބު ލިބޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށެވެ.

ޓެގް

ޑރ ޝަހީމް މަސްޖިދުލް އަޤްޞާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.