ރާއްޖޭގެ ޚަބަރު ރިސާލަތު ޕްރޮގްރާމްގެ ދެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ރިސާލަތު ޕްރޮގްރާމްގެ ދެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ރިސާލަތު ޕްރޮގްރާމްގެ ދެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝައިން ލާރނާސްގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އިސްލާމީ ކަންތައްތައްތަކާ ބެހޭ ވުޒާރާއިން ރިސާލަތު ޕްރޮގުރާމު ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަންގައި 'އިސްލާމްދީނުގެ މަޤްޞަދުތައް' މި މައުޟޫޢަށް މަޢުލޫމާތު ދެއްވާފައިވަނީ އިސްލާމީ ކަންތައްތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡު، އައްޝައިޚް އަޠީފް އަބޫބަކުރެވެ.

މީގެ އިތުރުން އެވުޒާރައިން ވަނީ ޢިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒްގެ ދަރިވަރުންނަށް ވެސް ރިސާލަތު ޕްރޮގްރާމްގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

'އިސްލާމްދީނާއި މަޤުޞަދުތައް' މި މަޢުޟޫއުއަށް މި ދަންފަޅި ނަންގަވިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡް އައްޝައިޚް ޢަބްދުލް ޤާދިރުއެވެ.

އިސްލާމީ ކަންތައްތައްތަކާ ބެހޭ ވުޒާރާއިން ހިންގަމުންދާ ރިސާލަތު ޕްރޮގުރާމަކީ މުޖުތަމަޢުގެ އެކި އުމުރުފުރާތަކުގެ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. އެވުޒާރާއިން ބުނެފައިވާ ގޮތުގައި މި ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރައްޔިތުންނަށް ޞައްޙަ ދީނީ މަޢުލޫމާތު ފޯރުކޮށްދީ، އިސްލާމްދީނާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމެވެ.

ޓެގް

ރިސާލަތު އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.