ރާއްޖޭގެ ޚަބަރު އިސްލާމީ ޢަޤީދާއާ ބެހޭ ޢިލްމީ ދައުރާ ކާމިޔާބުކަމާއެކު ނިންމާލައިފި

އިސްލާމީ ޢަޤީދާއާ ބެހޭ ޢިލްމީ ދައުރާ ކާމިޔާބުކަމާއެކު ނިންމާލައިފި

އިސްލާމީ ޢަޤީދާއާ ބެހޭ ޢިލްމީ ދައުރާ ކާމިޔާބުކަމާއެކު ނިންމާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއާ ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާއާއިން ކުރިއަށް ގެންދިޔަ ދައުރާ ޢިލްމިއްޔާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ދައުރާގެ ލެކްޗަރތައް ކުރިއަށް ގެންދެވީ ސަޢުދީ ޢަރަބިއްޔާއިން ވަޑައިގެންނެވި ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް ބަދުރު ޙަމަދުއް ދައުލީއެވެ. ދެ ދުވަހުގެ މައްޗަށް ބެހިގެން ކުރިއަށް ގެންދެވުނު މި ދައުރާގައި ދީނީ އެކިއެކި މައުޟޫޢުތަކާ ގުޅޭ މުހިންމު މަޢުލޫމާތު ބައިވެރިންނާ ހިއްސާކުރެވިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން މި ދައުރާގައި ޖުމްލަ 65 މީހުން ބައިވެރިވެފައިވާކަމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ދީނީ ޢިލްމުވެރިންނާއި، ޚަޠީބުންނާއި އަދި އިމާމުން ހިމެނެއެވެ. މިދައުރާގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓެއް ދީފައެވެ.

މިއީ 2024 ވަނަ އަހަރުން ފެށިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްއާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަތަރު ވަނަ ދައުރާއެވެ.

ޓެގް

ދައުރާ ސަޢޫދީ ޢަރަބިއްޔާ އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.