ރާއްޖޭގެ ޚަބަރު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަޤީރުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަނީ

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަޤީރުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަނީ

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަޤީރުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާސަންދައިން ޚިދުމަތް ނުލިބޭ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާނު ކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވުނު މި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބީލަމުގައި ބައިވެރިވެވޭނީ އިންޝުއަރެންސްގެ ޚިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

ބީލަމާއި އަންދާސީ ހިސާބު ހުށަހެޅުމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލް ކުރެވޭނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް އިންޝުއަރެންސް ތަޢާރަފު ކުރުމުގެ މައިގަނޑު މަޤްޞަދަކީ އާސަންދައިން ނުލިބޭ ޞިއްޙީ ޚިދުމަތްތަކަށާއި، ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާތަކަށް އަދި ގެންނަންޖެހޭ ބޭސްތައް ހޯދުމަށް މަގުފަހިކޮށްދިނުމެވެ.

ފަޤީރުންގެ ދަފްތަރާއި ޒަކާތު ފަންޑު މިވަގުތު ބަލަހައްޓަމުން ދަނީ 2024 ވަނަ އަހަރު އަލަށް އުފެއްދި އިދާރާއެއް ކަމަށްވާ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ގެ ދަށުންނެވެ. ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަޤީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް ޒަކާތު ފަންޑުން އެހީ ފޯރުކޮށްދެއެވެ. ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިވަގުތު 2852 ފަޤީރުން އެބަތިއްބެވެ.

ޓެގް

ޒަކާތު ހައުސް ޒަކާތު ފަންޑު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.