ރާއްޖޭގެ ޚަބަރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަންސްޓޮޕް އެޑްމިޝަން ހަރަކާތް ޖުލައި 13 އިން 15 އަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަންސްޓޮޕް އެޑްމިޝަން ހަރަކާތް ޖުލައި 13 އިން 15 އަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަންސްޓޮޕް އެޑްމިޝަން ހަރަކާތް ޖުލައި 13 އިން 15 އަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އޯގަސްޓް 2025 އިންޓޭކްގެ ވަން ސްޓޮޕް އެޑްމިޝަން ޙަރަކާތް ޖުލައި 13 އިން 15 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ޔުނިވަރސިޓީއިން ބުނެފިއެވެ.

އެ ޔުނިވަރސިޓީއިން ބުނި ގޮތުގައި މިޙަރަކާތް ކުރިއަށް ދާނީ ޖުލައި 13 އިން 15 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް، މެންދުރުފަހު 2:00 އިން 4:00 އަށް ،އަދި ރޭގަނޑު 8:00 އިން 10:00 އަށް އައި.ޔޫ.އެމް ހޯލްގައެވެ.

މި ޙަރަކާތް ކުރިއަށްދާ ވަގުތު އައި.ޔޫ.އެމް ހޯލްގައި ވަގުތުން އެޓެސްޓް ކޮށްދިނުމާއި ކެރިއަރ ކައުންސެލިންގ، އިސްލާމިކް ކައުންސެލިންގ އަދި ލީގަލް ކައުންސެލިންގެ ޚިދުމަތްތައް ވެސް ލިބިގެންދާނެކަމަށް އެޔުނިވަރސިޓީއިން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ލެވެލްގެ 3 ކޯހަކާއި، މާސްޓަރސް ލެވެލްގެ 18 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހަކާއި އެސޯސިއޭޓް ޑިގްރީ 2 ކޯހެއް އަދި ޑިޕްލޮމާގެ 11 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލް ގެ ޖުމްލަ 21 ކޯހެއް ހިމެނެއެވެ. ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤުރްއާނާއި ޙަދީޘް، ޝަރީޢަތާއި ޤާނޫނު، ފިޤްހް، އިސްލާމިކް ސްޓަޑީޒް، އިމާމްޝިޕް، ލޭންގުއެޖް، އެޑިޔުކޭޝަން، ފައިނޭންސް، އެކައުންޓިންގ، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް އަދި ޖަރނަލިޒަމްގެ އެކި ކޯސްތައް ހިމެނެއެވެ.

މި ސެމިސްޓަރގައި އެޔުނިވަރސިޓީގައި މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓަރ އޮފް ޓީޗިންގ އިން ހަޔަރ އެޑިޔުކޭޝަން އަދި 10 ޤިރާއަތުން އިޖާޒާ ދިނުމުގެ ކޯސް ފާހަގަކޮށްލެވެއެވެ.

ޓެގް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ މަތީ ތަޢުލީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.