ރާއްޖޭގެ ޚަބަރު

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް ބާ ޖަމާލުއްދީންގެ އިމާރާތް ތަޅާލަން ފަށައިފި

އަރަބި ބަހުން ތައުލީމް ފޯރުކޮށްދޭ ހަމަ އެކަނި ސްކޫލް ކަމަށްވާ އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް ބާ ޖަމާލުއްދީންގެ އިމާރާތް ތަޅާލަން ފަށައިފިއެވެ.

މީގެ ކުރިން އެ ސްކޫލް ހިންގަމުން އައީ އަމީނިއްޔާ ސްކޫލް ކުރިމަތީގައި ހުރި އިމާރާތެއްގައެވެ. އަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް ހެދުމުގެ މަސައްކަތް ފެށިފައި މިވަނީ އެ ސްކޫލް ހިންގަމުން ދިޔަ އިމާރާތުގައި ރެނދުލާ ދަރިވަރުންނަށް ނުރައްކާތެރި މާހައުލަކަށް ސްކޫލު ވެފައިވާތީ އެ ޝަކުވާ ބޮޑުވެ އެންމެ ފަހުން ބެލެނެވެރިން ދަރިވަރުން ސްކޫލަށް ނުފޮނުވަން ނިންމި ހިސާބުންނެވެ.

މައްސަލަ ބޮޑުވެ މި ނިމޭ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށި އިރު އެ ސްކޫލްގެ ހިންގުން ވަނީ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ހުންނަ ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތަށް ބަދަލުކޮށްފައެވެ.

އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީން ހެދި ދިރާސާ ދައްކާ ގޮތުން އަރަބިއްޔާގެ އިމާރާތް އެންމެ ގިނަ ވެގެން ވެސް ދެން ބޭނުން ކުރެވޭނީ 3 އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށެވެ. އަދި އެތަނުގެ ހާލަތު ދަރިވަރުންނާއި މުވައްޒަފުންނަށް ވެސް ނުރައްކާތެރި ތަނަކަށް ވެފައިވާއރު، ބައެއް ބެލެނެވެރިން ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވާ ފޮޓޯ ވީޑިއޯ އިން ފެންނަ ގޮތުން ފާރުތަކާއި ތަނބުތަކުގައި ވެސް ވަރަށް ބޮޑަށް ރެނދުލައި އިމާރާތް ވަނީ ބިމާ ހަމަވާ ވަރުވެފައެވެ.

އަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ކަނޑައެޅީ ބާ ޖަމާލުއްދީނެވެ. އެތަނުގައި މީގެ ކުރިން ހިންގަމުން އައި އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *