އެހެން މީހުންނަށް ހަސަދަވެރިވާ މީހުންނަށް ލިބޭ ނިޢުމަތްތައް ގެއްލިގެން ދިއުން އަވަސް ކަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާޢިލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ރަނގަޅު ގޮތްގޮތާއި ކުރިއެރުމާއި ކާމިޔާބު މިންވަރުކުރައްވަނީ އެހެން މީހުންގެ ނިޢުމަތްތަކަށް ހަސަދަވެރިނުވާ މީހުންނަށްކަމަށެވެ. ޙަޤީޤި އުފާވެރިކަން ބޭނުންނަަމަ އެހެން މީހުންނަށް ދެއްވަވާ ނިޢުމަތްތަކަށް ހަސަދަވެރިނުވެ އުފާކުރާށެވެ.
އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ ކަމަކީ ކޮންމެ ކަމެއްވެސް މިންވަރުކުރައްވަނީ ﷲ ތަޢާލާ އެކަމަށް ކަނޑައަޅުއްވާފައިވާ ވަގުތުގައެވެ.ތިބާ އެދޭ ވަގުތުގައި ތިބާއަށް ނުލިބި އެހެން މީހަކަށް އެ ނިޢުމަތް ލިބިފައިވާނަަމަ އެމީހަކަށް ހަސަދަވެރިނުވެ، ހެޔޮދުޢާކޮށްދޭށެވެ.
އަދި ޤަބޫލުކުރަންވީ ކަަަމަކީ ތިބާއަށް ވެސް ކަންްކަން ހާސިލުވެގެންދާނީ އެކަމަށް ކަނޑައެޅިފައިވާ ވަގުތު ޖެހުމުން ކަމުގައެވެ. އެހެންކަމުން ކެތްތެރިވެ ﷲ ތަޢާލާއަށް ދުޢާ ކުރުމުގައި ދެމިހުންނާށެވެ.
ޚިޔާލު