ރާއްޖޭގެ ޚަބަރު

ރަސޫލާ صلي الله عليه وسلم ގެ ދިފާޢުގައި ޢިލްމުވެރިންގެ ގުޅުމުން ބަޔާން ނެރެފި

 

ރަސޫލާ صلي الله عليه وسلمގެ ދިފާޢުގައި ޢިލްމުވެރިންގެ ގުޅުމުން ބަޔާނެއް ނެރެފިއެވެ.

ދިވެހި ބަހާއި ޢަރަބި އަދި އިނގެރޭސި ބަހުންވެސް ނެރެފައިވާ މިބަޔާން ނެރެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިބަޔާން ފައްޓަވާފައިވަނީ ކީރިތި ރަސޫލާ صلي الله عليه وسلمގެ ޢިއްޒަތާއި ކަރާމަތަށާއި އަދި ޢަބުރުފުޅަށް އަރައިގަތުމަށް ކާޓޫނު ކުރެހި ކުރެހުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމުންނެވެ. އަދި އެޢަމަލު ދިފާޢުކޮށް އެއީ ހައްޤެއްކަމުގައި ބުނަމުން އަންނަ ވެރިންނާއި މެދު އެންމެހައި މުސްލިމުން ރައްކާތެރިވެ އެނުބައި ޢަމަލުން ރައްކާތެރިވެ ސަމާލުވުމަށް އެބަޔާނުގައި ގޮވާލައްވާފައިވެއެވެ.

މބަޔާނުގައި ރަސުލާ صلي الله عليه وسلمގެ ޝަހްސިއްޔަތުގެ މަތިވެރިކަމުގެ ވާހަކަ ގެންނަވާފައިވެއެވެ. އަދި އެކަލެގެފާނުގެ ޢިއްޒަތަށް އަރައިގަނެ ދެވޭ މިފަދަ ކޮންމެ ޙަމަލައަކުން އެކަލޭގެފާނު ދިފާޢުކޮށް ހިމާޔަތް ކުރުމަށްޓަކައި ހަށިފޮޅައިލައި، ޖާނާއި މާލުން ޤުރުބާން ވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް މިބަޔާނުގައި ވެއެވެ.

ރަސޫލާ صلي الله عليه وسلمއަށް ފުރައްސާރަ ކުރާ ބަޔަކު ފުރައްސާރަ ކުރިޔަސް އެކަލޭގެފާނަށް ﷲތަޢާލާގެ ފަރާތުން ނަޞްރާއި ފަތަހަ ދެއްވާނެކަން ކީރިތި ޤުރުއާނުން ދަލިލު ގެނެސްދެއްވައި މިބަޔާނުގައި ބުނެދެއްވައިފައިވެއެވެ.

ރަސޫލާ صلي الله عليه وسلمއަށް ނަޞްރު ދިނުމަށް އަވަސްވެގަތުމަށް ޢިލްމުވެރިންގެ ގުޅުމުގެ މިބަޔާނުގައި ވެއެވެ. އަދި ނަބިއްޔާ صلي الله عليه وسلمއަށް ފުރައްސާރަކޮށް މަލާމާތް ކުރާ ޢަދާވާތް ތެރިންނަކީ ކޮބައިކަން އެބައިމީހުންގެ ކިބައިން ބަރީޢަ ވުމަށް އެންމެހާ މުސްލިމުންނަށް މިބަޔާނުގައި ގޮވާލައްވައިފައިވެއެވެ.

އަދި ފްރާންސްގެ ރައީސްއާއި އޭނާގެ ސަރުކާރުން މިޢަމަލުތަކަށް ފާޅުގައި ހިތްވަރުދީ، އެކަން ދިފާޢުކޮށް ފައިވާތީ ފްރާންސްގެ އުފެއްދުންތަށް ވަގުތީ ގޮތުން ބޭނުން ކުރުން ހުއްޓާލުމަށް ގޮވާލާ ގޮވާލުމަށް އިޖާބަ ދިނުމަށް މިބަޔާނުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

އަދި އެބައިމީހުންގެ އަނިޔާވެރި ބަސްތަށް އަނބުރައި ގެންގޮސް އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ޢަމަލެއް އަލުން ނުކުރާނެ މިންވަރަށް އެފަދަ ނުބައި ނުލަފާ އަނިޔާވެރި ވެރީންނާއި ދައުލަތްތައް ކުޑަކަކޫ މައްޗަށް ތިރިކުރުމަށް ޝަރުޢީ އިމުގެ ތެރެއިން އެހީތެރިވުމަސް ވެސް މިބަޔާނުގައި ގޮވާލައްވައިފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *