ރާއްޖޭގެ ޚަބަރު

މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް ޒަކާތުފަންޑުން އެހީއަށް އެދުމަށް ހުޅުވައިލައިފި

މަތީ ތަޢުލީމު ޙާސިލް ކުރަމުންދާ ދަރިންވަރުންގެ ތެރެއިން ފައިސާއަށް ދަތިވެފައިވާ ދަރިވަރުންނަށް މަތީ ތަޢުލީމް ފުރިހަމަ ކުރުމަށްޓަކައި ޒަކާތު ފަންޑުން އެހީ އަށް އެދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެފައިވަނީ މަތީ ތަޢުލީމް ޙާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނަށް، ޚައްސަ ކޮށް އެހީއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވިގޮތުގައި އެ ފުރުޞަތު އަންނަ ނޮވެމްބަރު މަހުގެ 15 ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައި އޮންނާނެއެވެ.

މިނިސްޓަރ، ޑރ. އަލީ ޒާހިރުގެ މި ނިންމެވުމަށް ޝުކުރު ދަންނަވާ ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ޓްވީޓެއް ކުރައްވައިފައެވެ. މި ޓުވީޓުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައި ވަނީ މަތީ ތަޢުލީމަށް ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ ފައިސާގެ ދަތިކަމަށް ހައްލެއް ހޯދުމަށް، މިނިސްޓްރީގެ އެދުމުގެ މަތިން ޒަކާތު ފަންޑުގެ އެހީގައި އެހީ ފޯރުކޮށްދޭން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރިއްވި އިޢްލާނުގައ ވަނީ މަތީ ތަޢުލީމް ފުރިހަމަކުރުމަށް ޒަކާތު ފަންޑުން ޚާއްސް އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތާއި ގުޅޭ އުސޫލު ޢާއްމުކޮށްފައެވެ.

އެ އިޢުލާނުގައި ބުނެފައި ވަނީ، އެހީއަށް އެދި އެޕްލިކޭޝަން ފޯރމް ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ކައުންޓަރަށް ކަމަށެވެ. ނުވަތަ [email protected] މެއިލްއަށް ކަމަށެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *