ރާއްޖޭގެ ޚަބަރު

އޮންލައިން ވިޔަފާރި އާއި ގުޅޭ މަޢުލޫމާތުދޭ ސެމިނަރ އެއް ބާއްވަނީ

އޮންލައިން ވިޔަފާރިއާއި ގުޅޭ ޢިލްމީ އަދި ޝަރުޢީ މަޢުލޫމާތުދޭ ވަރޗުއަލް ސެމިނަރއެއް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން އިންތިޒާމް ކޮށްފިއެވެ.

 

މި ސެމިނަރ ބޭއްވުމަށް ހަމަ ޖެހިފައިވަނީ އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށެވެ. ސެމިނަރ އޮންނާނީ މިއޮކްޓޫބަރ މަހުގެ 14ވާ ބުދަދުވަހު 20:00ން 21:00އަށެވެ.

މިސެމިނަރގައި މަޢުލޫމާތު ދެއްވާނީ އައްޝައިޚް ޝިހާމް މުޙައްމަދާއި އައްޝައިޚް މުޙައްމަދު ޝާހިދާއި އައްޝައިޚް ނިމާލް މުޙައްމަދާއި އަލްއުސްތާޛު މުޙައްމަދު މަންސޫރު އަދި އައްޝައިޚް ޢަލީ ނިޝާމެވެ.

މިސެމިނަރ އިސްލާމިކް ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *