ރާއްޖޭގެ ޚަބަރު

އިސްލާމީ ތަރިކަ ޙިމާޔަތް ކުރުމަކީ މުޅި އުއްމަތުގެ ވާޖިބެއް: ރައީސް މައުމޫނު

Islamee Tharika Himayaiy Kurumaky Mulhi Ummathuge Waajibeh: Raees Maumoon

އިސްލާމީ ތަރިކަ ޙިމާޔަތް ކުރުމަކީ މުޅި އުއްމަތުގެ ވާޖިބެއްކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

އަލްއުސްތާޛު މައުމޫނު މިހެން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ގޮތުން އިއްޔެ ފާހަގަކުރެވުނު އިސްލާމީ ދުނިޔޭގައި ތަރިކައިގެ ދުވަހާއި ގުޅުއްވައިގެން ކުރެއްވި ޓްވީޓެއްގައެވެ.

މިގޮތުން އަލްއުސްތާޛު މައުމޫން ވިދާޅުވެފައިވާ ގޮތުގައި އިސްލާމީ ތަރިކަ ދަމަހައްޓައި ޙިމާޔަތް ކުރުމަކީ މިއަދު އެކަނި ކުރަންވީ ކަމެއް ނޫނެވެ. އެހެނަސް އެއީ އަބަދަށްޓަކާ މުޅި އިސްލާމީ އުންމަތުގެ ވާޖިބެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"އިސްލާމީ ތަރިކައަކީ ޢިލްމުތަކާއި، އަދަބިއްޔާތާއި، ތަފާތު ސަޤާފީ ކަންތައްތަކާއި ފަންނުތައް ހިމެނޭ ވަރަށް މުއްސަނދި  ތަރިކައެއް. މިތަރިކަ ދަމަހައްޓައި ޙިމާޔަތް  ކުރުމަކީ  މިއަދު އެކަނި ކުރަންވީކަމެއް ނޫން. އެއީއ ަބަދަށްޓަކައި މުޅި އިސްލާމީ  އުއްމަތުގެ ވާޖިބެއް.  #އިސްލާމީތަރިކައިގެދުވަސް" ރައީސް މައުމޫން ޓްވީޓު ކުރައްވާފައިވެއެވެ.

އިސްލާމީ ޘަޤާފީ ތަރިކައިގެ ދުވަހަކީ މަންޡިމަތުލް ޢާލަމިލް އިސްލާމީ ލިއްތަރްބިޔަތި ވަލް ޢުލޫމި ވައްޘަޤާފާ (އިސްލާމީ ދުނިޔޭޣެ ޘަޤާފީ، ތަރުބަވީ، އަދި ޢިލްމީ ކަންކަމާއި ބެހޭ މުއައްސަސާ) އިން ހުށައެޅުއްވި ހުށައެޅުއްވުމެއްގެ ސަބަބުން، 2019 ވަނަ އަހަރުގެ 17 ވީ ޑިސްމްބަރުގައި، ތޫނިސްގައި ބޭއްވުނު އިސްލާމީ ދުނިޔޭގެ ޘަޤާފީ ވަޒީރުންގެ ބައްދަލުވުމުން، ކޮންމެ އަހަރެއްގެ ސެޕްޓޭމްބަރު މަހުގެ 15 ވަނަ ދުވަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ދުވަހެކެވެ.

އިސްލާމީ ޘަޤާފަތުގެ ފުޅާ ކަމާއި ފުރިހަމަކަމުގެ ސަބަބުން، އެއީ އިސްލާމީ ދުނިޔޭގައި، ވަކިން ފޮތް އެކުލަވާލެވި، އެކަމާއި ބެހޭ ގޮތުން ލިޔެވި، ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެވެމުންދާ ވަކި ޢިލްމެކެވެ. މިގޮތުން ޘަޤާފާގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިސްލާމީ ޘަޤާފަތަކީ ޤިޔަމުތަކާއި ނިޡާމުތަކާއި، ފިކުރުތަކާއި، އަދި އިންސާނީ އެހެނިހެން ތުރާޘުތަކަށް (ޘަޤާފީ ތަރިކަތަކަށް) ނަޤުދުކުރުން އެކުލެވިގެންދާފަދަ ގޮތަކަށް އިސްލާމްދީނުގެ ޝާމިލު މަންހަޖު އުންގަންނައިދޭ ޢިލްމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *