ރާއްޖޭގެ ޚަބަރު ބުރަކޮށް އުޅުއްވާ ބޭފުޅުންނަށް ޚާއްޞަ ޙިފްޡު ކިލާސް؛ ދުވާލަކު 5 ފޮޅުވަތް ދަސްކޮށްގެން ދެމަހުން ފޮތެއް ދަސްކުރައްވާ!

ބުރަކޮށް އުޅުއްވާ ބޭފުޅުންނަށް ޚާއްޞަ ޙިފްޡު ކިލާސް؛ ދުވާލަކު 5 ފޮޅުވަތް ދަސްކޮށްގެން ދެމަހުން ފޮތެއް ދަސްކުރައްވާ!

Burakoh Ulhuhva Beyfulhunnah Khaassa Hifz Class Dhuvaalaku 5 Folhuvaiy Dhaskuravvaigen Dhe Mas Therey Fotheh Dhas Kuravva

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބުރަކޮށް އުޅުއްވާ ބޭފުޅުންނަށް ޚާއްޞަ ކުރައްވައިގެން، ދުވާލަކު ފަސް ފޮޅުވަތް ދަސްކުރަމުން، މުޅި ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފެއްޓެވުމަށް ހަމަޖެހިއްޖެއެވެ.

މިޕްރޮގްރާމު ރާވާ ހިންގަވާ ފަރާތުން މަޢުލޫމާތު ދެއްވާ ގޮތުގައި މިފަދަ ޙިފްޡު ކިލާހެއް ކުރިއަށް ގެންދެވުމުގެ މަޤްޞަދަކީ ކީރިތި ޤުރްއާން ޙިފްޡު ކުރުމަކީ ވަކި ބަޔަކަށް ޚާއްޞަ ކަމެއް ނޫންކަން، މަދުމަދުން، އެމީހަކަށް ކުޅަދާނަވީ ވަރަކުން ޙިފްޡު ކުރަމުންވެސް މުޅި ޤުރްއާން އެކީ ދަސްކުރެވޭނެކަން ބަޔާން ކޮށްދިނުމެވެ.

"އަޅުގަނޑުމެން މިކިލާސް އަމާޒުކޮށްފައިވާނީ ބުރަކޮށް އުޅުއްވާ ބޭފުޅުންނަށް. އެހެނަސް ހުރިހާ ބޭފުޅުންނަށްވެސް ބައިވެރިވެލެއްވިދާނެ. މީގެ އިތުރުން އެބޭފުޅަކަށް ދަސްކުރެވުނު މިންވަރަކަށް ކިޔައިދޭ ފަދަ ވަކި ޙިފްޡު ކިލާހެއްވެސް އަޅުގަނޑުމެން ކުރިއަށް ގެންދަން." އެބޭފުޅުން ވިދާޅުވެފައިވެއެވެ.

މިޙިފްޡު ކިލާހުގައި ކީރިތި ޤުރްއާން ހިތުދަސް ކުރުމުގެ އިތުރުން، އެދުވަހު ހިތުދަސްކުރި މިންވަރެއްގެ ތަރުޖަމާ ކިޔަން ޖެހެއެވެ. ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން ޙާފިޡުކަމުގެ ސަނަދު ނަންގަވައިގެން ތިއްބެވި ޙާފިޡުން ކިޔަވައިދެއްވާ މިޕްރޮގްރާމުގެ ފީއެއް ގޮތުން ހަމަޖެހިފައިވަނީ 500 ރުފިޔާއެވެ. އެހެނަސް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ މަހުގެ ފީއަކީ 300 ކަމަށް ޕްރޮގްރާމު އިންތިޒާމު ކުރައްވާ ފަރާތުން ވިދާޅުވެއެވެ.

މިކިލާސް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު އޮންނާނެއެވެ. މިޕްރޮގްރާމުގައި، ދަރިވަރަށް އިންޓަނެޓުގެ ޚިދުމަތް ލިބެން ނެތްނަމަ، މުދައްރިސް ދަރިވަރަށް ޑައިރެކްޓު ގުޅައިގެން ކިލާސް ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ. މިޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު 9145695 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ޓެގް

ޙިފްޡު ކިލާސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.