ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ފިލްމު ކުޅުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި އެންމެހާ މުޖުތަމަޢު ތަކެއްގައި ފެތުރިފައިވާ ކަމެއް: ޝެއިޚް ސިނާން

Film Kulhumakee Varah Fulhaa Dhaairaa Egga Emmehaa Mujuthamau Thakegga Fethurifai Vaa Kameh: Sheikh Sinan

ފިލްމު ކުޅުމަކީ ހުރިހާ ދާއިރާއެއްގައި އެންމެހާ މުޖުތަމަޢު ތަކެއްގައި ފެތުރިފައިވާ ކަމެއް ކަމަށް އައްޝައިޚް މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

ޝެއިޚް ސިނާން މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވެފައިވަނީ އަޅުގަނޑުމެން މުސްލިމުންގެ މުޖުތަމަޢެއްގެ ތެރޭގައި މިކަމަކީ އިސްލާމީ ނަޒަރަކުން ބަލާއިރު ކޮންކަހަލަ ކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ. ސަބަބަކީ އަޅުގަނޑުމެން މުސްލިމުންނަކީ ބަޔަކު ކުރާހާ ކަމެއް ކުރާ ގޮތަކަށް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރެއަށް ވައްދާ ބައެއް ނޫންކަމަށެވެ. އެގޮތުން ފިލްމީ ދާއިރާއަށް ވިސްނާލައިފި ކަމުގައި ވާނަމަ ފިލްމު ކުޅުމުގައި ވަރަށް ގިނަ ޝަރުޢީ ގޮތުން ޚިލާފުވާ ކަންތައްތަކެއް އާދެއެވެ.

އެގޮތުން ދެޖިންސު މަސްހުނި ވުމާއި، އަދި އެއްޖިންސުގެ މީހުން އަނެއް ޖިންސުގެ މީހުންގެ ގައިގައި ބީހުން ފަދަ ކަންކަމާއި މިއުޒިކް ހިމެނުމާއި، ހަޑިހުތުރު މަންޒަރުތަކާއި މިފަދަ ކަންކަން ގިނަ ފިލްމުތަކުގައި އެކުލެވިގެންދާކަމަށެވެ. ﷲ ތަޢާލާ ޤުރްއާނުގައި ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވަނީ ކަލޭގެފާނު މުއުމިނު ތަކުންނަށް ވިދާޅުވެ ދެއްވާށެވެ. އެބައި މީހުންގެ ބެލުންތައް ތިރި ކުރުމަށެވެ.

މި އާޔަތައް ބަލައިލުމުން އަޅުގަނޑުމެންނަށް ބެލުންތިރި ކުރުމަށް ބާރު އަޅުއްވާފައި ވާއިރު އަދި އެއަށްވުރެ ބޮޑެތި ކަންކަން ހަރާމްވެގެން ދާނެކަން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *