ރާއްޖޭގެ ޚަބަރު

އިސްލާމްދީން ނިކަމެތިކޮށް، ޣައިރު ދީނަށް ފުރުޞަތު ދިނުމާއި މިނިވަންކަން ގެއްލޭ ކަންތައްކުރުމަކީ ކާބަފައިން ދޫދިން ކަންތައްތަކެއް ނޫން: ޝައިޚު ޢަލީ ޒާހިރު

Islam Dheenah Nikamethikoh Gheir Dheenah Furusathu Dhinumai Minivankan Gelley Kanthah Kurumaky Kaabafain Dhoodhin Kanthathahthakeh Nun: Sheikh Ali Zahir

އިސްލާމްދީން ނިކަމެތިކޮށް، ޣައިރު ދީނަށް ފުރުޞަތު ދިނުމާއި މިނިވަންކަން ގެއްލޭ ކަންތައްކުރުމަކީ ކާބަފައިން ދޫދިން ކަންތައްތަކެއް ނޫންކަމަށް ޝައިޚު ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒުގެ ޑީން، އައްޝައިޚު ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމު ވިދާޅުވެފައިވަނީ މިޖުލައި މަހު ރައްޔިތުންގެ މަޖްލިހަށް ހުށައެޅުނު އިމިގްރޭޝަން ޤާނޫނަށް އިޞްލާޙު ގެނައުމަށް ކުރެވުނު މަސައްކަތާއި ވިދިގެން ކުރެއްވި ޓްވީޓެއްގައެވެ.

"އިސްލާމްދީން ނިކަމެތިކޮށް، ޣައިރުދީނަށް ފުރުޞަތު ދިނުމާއި މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭޒާތުގެ ކަންކަން ކުރުމަކީ ފަޚުރުވެރި ކާބަފައިން ދޫދިން ކަންކަމެއްނޫނެވެ. ސިޔާސީ ވާދަވެރި ކަމުގެ ފައިދާ ނަގައިގެން މިއިންކަމަކަށް މަގުފަހިވާ ކަމެއް އެއްވެސް މީހަކު ކުރިޔަދީގެން ނުވާނެއެވެ." ޝައިޚުގެ ރަސްމީ ޓްވީޓަރ އެކައުންޓު މެދުވެރި ކުރައްވާ ޢާއްމު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖްލިހުގައި އިމިގްރޭޝަން ޤާނޫނަށް އިޞްލާޙު ގެނައުމަށް ކުރެވެމުންދާ މަސައްކަތާއި ވިދިގެން ރާއްޖޭގެ ބައެއް ދީނީ ޢީލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. މިގޮތުން ޑރ ޝަހީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ފަލަސްޠީނުގެ މިނިވަންކަން ނިގުޅައިގަނެ، ޤުދުސް އަޅުވެތިކުރުމަށް އެއްމެ ފުރަތަމަ ކުރެވުނު ކަމަކީ އެތަނުން ބިން ވިއްކުމާއި، ޔަހޫދީންނަށް ދާއިމީ ގޮތެއްގައި އެތާ ތިބެވޭނެ ގޮތް ހެދުން ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އަޅުގަނޑުމެން ސަމާލުކަން ދޭންވީ ކަންތައްތައް ކަމަށްވެސް ޝައިޚުގެ ޓްވީޓުގައި އިޝާރާތް ކުރައްވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *