ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ކިތަންމެ ބައިވަރު އަޅުކަމެއް ކުރިނަމަވެސް ޝައިތާނާގެ ކަސްތޮޅުން ސަލާމަތް ނުވެވޭނަަމަ އެއްވެސް ފައިދާއެއް ނުކުރާނެ: މުފްތީ މެންކް

Kan Kan Kaamiyaab Vumah Edhey Nama Mi Sifathakah Visnaalan Jehey: Mufthi Menk

ކިތަންމެ ބައިވަރު އަޅުކަމެއް ކުރި ނަމަވެސް ޝައިތާނާގެ ކަސްތޮޅުން ސަލަމަތް ނުވެވޭނަަމަ އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާޢީލް އިބްނު މޫސާ މެންްކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ބައެއް މީހުން ފަރްޟު ފަސް ނަމާދު އަދާކޮށް، ޛިކުރުތައް ކިޔައި ދަމުނަމާދުކޮށް ވަރަށް ފުރިހަމައަށް ހެދުންލައި އުޅެއެވެ. އަދި ޤިޔާމަތް ދުވަހުން އެމީހުން މަޙްޝަރަށް ދާނީވެސް އެމީހުން ކުރިހައި ނަމާދުތަކާއި ކުރިހައި އަޅުކަންތައްތަކާއި، ދުނިޔޭގައި އުޅުނުއިރު ލައި އުޅުނު ފުރިހަމަ ހެދުނަތަކާއި އެކީގައެވެ. ނަމަވެސް އެބައިމީހުންނަކީ ޝައިތާނާގެ ކަސްތޮޅުން ކަސްތޮޅު އެޅުފައިވާ ބައެކެވެ.

އެފަދަ މީހުންގެ ކިބައިން މިފަދަ ނުބައި ސިފަތައް ފެންނާނެއެވެ. އެގޮތުން ދުލުން ނުބައި ބަސްތައް ބުނުމާއި، އެހެން މީހުންގެ ދިރިއުޅުމަށް ދަތިކުރުމާއި، މީސްތަކުންނާއިމެދު ދެއްކުން ހުއްދަ ނޫން ވާހަކަ ދެއްކުމާއި، މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމާއި، ޙަރާމް ގޮޮތުގައި ފައިސާ އާއި ތަނަވަސް ކަން ހޯދުމާއި މުސްލިމް އަޚުންގެ މުޅަ މަސްކެއުން ފަދަ ކަންތައްްތައް ހިމެނެއެވެ.

މިފަދަ މީހުންނާއިމެދު ރަސޫލާ ސައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެމީހުންނަކީ ބަނގުރޫޓުވެ ދަރަނިވެރިވެފައިވާ މީހުން ކަމަށާއި މިފަދަމީހުންނާއިމެދު ރަސޫލާ ވަނީ ވަރަށް ގިނަ ޙަދީޘްފުޅުތައް ކުރައްވަވައިފައެވެ. އަދި ﷲ ތަޢަލާ ވަނީ އެފަދަ މީހުންނަކީ އެމީހުން ކުރާ ހެޔޮ ޢަމަލުތައް އިސްރާފުކުރާ ބައަކު ކަމަށް ވަޙީކުރައްވަވައި އިންޒާރުދެއްވަވައިފައެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ ހެޔޮ ޢަމަލުތައް ކިތަންމެ ގިނައިން ކުރި ނަމަވެސް މިބަޔާންކުރި ފަދަ ޢަމަލުތައް ކުރާނަމަ އެމީހުން ކުރާ ހެޔޮ ޢަމަލުތަކުގެ އެއްވެސް ފައިދާއެއް އެމީހާއަށް ކުރާނެ ކަމަށް ބުނެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށެވެ. ބަދަލުގައި ބުނެވެން އޮތީ އެ ޢަމަލުތައް އިސްރާފަކަށްވުން ގާތްކަމަށެވެ. އެއީ އެކަމަށް ﷲ ތަޢާލާ އިންޒާރުދެއްވާފައިވާތީ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *