ރާއްޖޭގެ ޚަބަރު

ރައްޔިތުންގެ އިއްތިޙާދުން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނާއި ބައްދަލު ކުރައްވައިފި

Rayyithunge Ihthihaadhun Raajjeyge Baeh Dheenee Ilmverinna Bahdhalu Kuravvaifi

ގިނަ ޢަދަދެއްގެ މަދަނީ ޖަމްޢިއްޔާތައް އެކުލެވިގެން އުފެދިފައިވާ ރައްޔިތުންގެ އިއްތިޙާދުގެ ފަރާތުން، ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.

ރައްޔިތުންގެ އިއްތިޙާދުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި މިބައްދަލުވުމުގައި ބައިވެރިވެލެއްވި ދީނީ ޢިލްމުވެރިންގެ ތެރޭގައި ގިނަ ޢާއްމު ރައްޔިތުންގެ ލޯތްބާއި ޤަދަރު ލިބިލައްވާފައިވާ ރާއްޖޭގެ އެންމެ މަޤްބޫލު ޝައިޚުން ހިމެނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވެލެއްވި  30 ޢިލްމުވެރިންގެ ތެރޭގައި ރާއްޖޭން ބޭރުގައި އުޅުއްވަމުން ގެންދަވާ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިންގެ އިތުރުން އަތޮޅުތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ޢިލްމުވެރިން ހިމެނެއެވެ. އަދި މީގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން 18 ޖަމްޢިއްޔާއެއްގެ މަންދޫބުން އޮންލައިންކޮށް ބޭއްވުނު މިބައްދަލުވުމުގައި ބައިވެރިވެ ވަދައިގެންފައިވާ ކަމަށްވެސް އެބޭފުޅުން ފާހަގަ ކުރައްވާފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުނު މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ އެމްޑީއެން އިން ތައްޔާރު ކޯށްފައިވާ ރިޕޯޓާއި ބެހޭ ގޮތުންނާއި، އެރިޕޯޓު ލިޔުނު މީހުންނާއި މެދު ފިޔަވަޅު ނޭޅި ލަސްވުމާއި، އުތެމަ ޖަމްޢިއްޔާއިން އެފަދަ ރިޕޯޓެއް ނެރުމާއި މެދުއެވެ. އަދި ހަމަ އެފަދައިން ދިވެހި ރާއްޖޭގައި އިސްލާމީ ވަޙުދަތާއި އިސްލާމީ ވަންތަކަމަށް ކުރިމަވަމުން އަންނަ ނުރައްކާތަކާއި ގޮންޖެހުންތަކާ ބެހޭގޮތުންނާއި، މާތް ވެގެންވާ އިސްލާމްދީނާއި ޚިލާފަށް ބޭރުގެ މީހުންނާއި ގުޅިގެން ހިންގޭ ކަންކަމާއި އިދިކޮޅަށް ކުރެވޭނެ މަސައްކަތްތަކާއި މެދު ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ރައްޔިތުންގެ އިއްތިޙާދުން ވިދާޅުވެފައިވެއެވެ.

މިކަންކަމުގެ އިތުރުން އިސްލާމް ދީނާ ޚިލާފަށް ހިންގޭ ކަންކަމާ މެދު ޤާނޫނީ ގޮތުން ކުރެވެން ހުރި ކަންކަމާއި، އެޅެން ހުރި ޤާނޫނީ ފިޔަވަޅުތަކާއި، ރާއްޖޭގެ ޤާނޫނުތައް ނެގެހެއްޓުމަށް ޓަކައި ޤާނޫނުތައް ތަންފީޒު ކުރުމުގެ މުހިއްމުކަމާއި މެދުވެސް މިބައްދަލުވުމުގައި ވާހަކަދެކެވިފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *