ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ހެޔޮ ކަންކަމަށް މަގު ދެއްކުމުގެ ސަބަބުން އޭގެ ދަރުމަ އެ މަގު ދައްކާ މީހާއަށްވެސް ލިބިގެންދޭ: ޝެއިޚް ޝަފީޢު

Kuraa Amaluthakuga Ikhlaastheri Vumakee Varah Muhimmu Kameh: Sheikh Shafeeu

ހެޔޮ ކަންކަމަށް މަގު ދެއްކުމުގެ ސަބަބުން އެކަމުގެ ޘަވާބާއި ދަރުމަ އެހެޔޮ މަގު ދައްކާ މީހާއަށް ވެސް ލިބިގެން ދާނެ ކަމަށް އައްޝައިޚް ޝަފީޢު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް ޝަފީޢު މިހެން ވިދާޅުވެފައި ވަނީ ރަބީޢުލް ޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާއެއް ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިވީޑިއޯގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވެފައިވަނީ ނަބިއްޔާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ހެޔޮ ކަމަކަށް މީހަކަށް މަގު ދައްކާއިފި ނަމަ އެހެޔޮ ކަން ކުރި މީހާއަށް ލިބޭ ޘަވާބާއި ދަރުމަ އެހެޔޮ ކަމަކަށް މަގު ދެއްކި މީހާއަށް ވެސް ލިބިގެން ދެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ގިނަ ޢިލްމު ލިބިފައި ހުރި މީހަކަށް ނުވި ކަމުގައި ވިޔަސް އިތުބާރު ހިފޭ ދީނީ ޢިލްމުވެރިންގެ ދަރުސްތަކާއި ލިޔުންތައް މީސްތަކުންނާއި ޙިއްސާކޮށް ސޯޝަލް މީޑިއާގައި ޝެއަރ ކުރެވި ދާނެއެވެ. އެކަމުގެ ސަބަބުން މީހަކަށް ހިދާޔަތް ލިބި ﷲ ތަޢާލާގެ މަގަށް ރުޖޫއަވެ ނަމާދުކޮށް ރޯދަ ހިފާ އަދި ގިނަ އަޅުކަންކަން ކުރާ ނަމަ އެަޅުކަމުގެ ޘަވާބު އަޅުގަނޑުމެންނަށް ވެސް ލިބިގެންދާނެކަމެވެ.

ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ މީހަކަށް ހިދާޔަތް ލިބުން އެއީ އެންމެ ބޮޑު ނިޢުމަތް ކަމަށާއި ޤިޔާމަޔް ދުވަހުވެސް އެކަމުގެ ޘަވާބާއި ދަރުމަ އޭނާއަށް ލިބިގެން ދާނޭ ކަމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *