ދުނިޔެ ރަމަޟާންމަހާއި ކުރިމަތިލާއިރު މިސްކިތްތަކުގައި ނަމާދު ނުކުރެވުމަކީ ހިތްދަތިކަމެއް: ސައުދީ ރަސްގެފާނު

ރަމަޟާންމަހާއި ކުރިމަތިލާއިރު މިސްކިތްތަކުގައި ނަމާދު ނުކުރެވުމަކީ ހިތްދަތިކަމެއް: ސައުދީ ރަސްގެފާނު

ރަމަޟާންމަހާއި ކުރިމަތިލާއިރު މިސްކިތްތަކުގައި ނަމާދު ނުކުރެވުމަކީ ހިތްދަތިކަމެއް: ސައުދީ ރަސްގެފާނު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަރަކާތްތެރި ރަމަޟާންމަހާއި ކުރިމަތިލާއިރު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރެވުމަކީ ހިތްދަތި އިހްސާސްތަކެއް ކުރުވާކަމެއް ކަމުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.

ސައުދީ ރަސްގެފާނު މިފަދައިން ވިދާޅުވެފައިވަނީ ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި މުސްލިމުންނަށް ފޮނުއްވި މެސެޖެއްގައެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން ސައުދިއަރަބިޔާގެ އިތުރުން އިސްލާމީ ގިނަ ޤައުމުތަކެއްގައިވަނީ ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލާފައެވެ.

ސައުދީ ރަސްގެފާނުގެ މެސެޖުގައި ވިދާޅުވެފައިވަނީ ދުނިޔޭގައި މިވަގުތު ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން މުސްލިމުންނަށް މިރަމަޟާންމަހުގައި މިސްކިތްތަކުގެ ޖަމާޢަތުގައި ފަރުޟު ނަމާދުތަކުގެ އިތުރުން ތަރާވީޙް ނަމާދާއި ދަމު ނަމާދުތައް ކުރުމުގެ ފުރުޞަތު ބަންދުވެފައިވުމުން އެކަމާއި ހިތާމަކުރައްވާ ކަމަށާއި އެހެން ނަމަވެސް ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލެވިފައިވަނީވެސް ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމުގެ ސަބަބުން ބަލި ފެތުރުން ފަދަ ކަމެއް ދިމާވެ އެކަމުގެ ނުރައްކާތެރިކަން ބޮޑުވެދާނެތީ ކަމަށެވެ.

ސައުދިއަރަބިޔާގައި މިހާތަނަށް 13930 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު 121 މީހަކުވަނީ އެޤައުމުން މިބަލީގައި މަރުވެފައިވާއިރު ދެހަރަމްގައިވެސް ވަނީ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.