ސުވަރުގޭގެ އެއްދޮރު ބަންދުވަނީއެވެ.

ސުވަރުގޭގެ އެއްދޮރު ބަންދުވަނީއެވެ.
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

އެއްސަހަރެއްގައި އުޅުނު އަންހެނަކު އޭނާގެ ފިރިހެން ދަރިފުޅު ކޮންމެ ދުވަހަކު އަވަށުގެ މީހުންގެ ތެރެއަށް ނެރެ އަނިޔާ ކުރަމުން ގެންދިޔައެވެ. އެހެން ނަމަވެސް މަންމަގެ މި އަނިޔާތަކަށް މިކުއްޖާ ދުވަހަކުވެސް ރޮއެ ނުހަދައެވެ. އެގޮތަށް ކަންތައް ނުކުރުމަށް އާދޭސް ކުރަމުންނެއްވެސް ނުދެއެވެ. ނުވިތާކަށް މަންމަގެ އަނިޔާތަކަށް ފިލަންދާކަށްވެސް ނޫޅެއެވެ.

މިއަންހެންމީހާ އޭނާގެ ދަރިފުޅު ގެއިން ބޭރަށް ނެރެ އަނިޔާކުރަމުން ގެންދަނީ ކީއްވެ ކަމެއް މިއަވަށުގެ މީހުންނަކަށްވެސް ނޭނގެއެވެ. އަދި މިގޮތުގައި އަހަރުތައް ފާއިތުވެގެން ގޮސް މިކުއްޖާ ފުރާވަރަށް އަޅައި ބޮޑު މީހަކަށްވިއެވެ. އަދި މީހަކާއި ކައިވެނިކޮށް ދަރިންވެސް ލިބުނެވެ. އެހެން ނަމަވެސް އެއްކަމެއް ބަދަލު ނުވެ ކުރިއެކޭވެސް އެއްގޮތަށް ކުރިއަށް ދިޔައެވެ. އެއީ އޭނާގެ މަންމަ އޭނާ އަވަށުގެ މީހުންގެ ތެރެއަށް ނެރެފައި ބަހައްޓައިގެން އޭނާއަށް ކުރަމުންދާ އަނިޔާއެވެ.

އާދައިގެ މަތިން އެއްދުވަހަކު އޭނާގެ މަންމަ އޭނާއަށް އަނިޔާކުރަން ފެށުމުން ގަދައަށް ރޯންފެށިއެވެ. ހުއްޓާނުލާ ރުއިމުގެ ސަބަބުން އޭނާގެ ތުނބުޅިވެސް އެއްކޮށް ތެމިގެން ދިޔައެވެ. މިކަން ވެގެންދިޔައީ އެވަށުގެ މީހުންނަށް ނުހަނު ބޮޑު ހައިރާންކަމެއް ލިބިގެން ދިޔަ ކަމަކަށެވެ. އަދި އޭނާގެ މަންމަ ދިޔުމުން ވީގޮތެއް ސާފުކުރުމަށް އަވަށުގެ މީހުން އަވަސްވެ ގަތެވެ.

އަވަށުގެ މީހުން އޭނާގާތު އެހިއެވެ. "މިވޭތުވެ ދިޔަ އެއްވެސް ދުވަހަކު ތިބާގެ މަންމަ ތިބާއަށް އަނިޔާކުރިޔަސް ތިބާގެ ލޮލުން ކަރުނަތިއްކެއް ވެއްޓޭތަނެއް ތިމަންނަމެން ނުދެކެމެވެ. މިއަދު ތިބާ ތިވަރަށް ތިރޮނީ ކީއްވެގެން ހެއްޔެވެ؟"

ކަރުނުން ފުރިފައިވާ ލޮލަކާއެކު އަވަށުގެ މީހުންނަށް އޭނާ ބުންޏެވެ. "އަހަރެން ނުރޯންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ މަންމަގެ ހަށިގަނޑު ނިކަމެތިވަމުން ދާކަމުގެ އިހްސާސް އަހަރެންނަށް ކުރެވެއެވެ. މަންމަގެ ހަށިގަނޑުގެ ބާރު ދައްވަމުންދާކަން ތިމަންނައަށް އިހްސާސްކުރެވެއެވެ."

އަދިވެސް އޭނާ ބުންޏެވެ. "އަހަރެން ނުރޯންވީ ކީއްވެ ހެއްޔެވެ؟ ސުވަރުގެ ވަނުމަށް އަހަރެންނަށް ހުޅުވިފައިވާ ދޮރެއް ބަންދުވާން ކައިރިވެއްޖެއެވެ."

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.