ވާހަކަ

ވަޢުދު (ސޯޅަވަނަބައި)

ހަމަ އެވަގުތު އޭނަގެ ދެފައިގައި ވެސް ރިހުމެއް އުފެދެން ފެށުމުން މަލާކަށް އޭނަގެ އެއްފަރާތަށް ނަޒަރު ހިންގާލެވުނެވެ. އޭނަގެ އިސްޓާކީން ބާއްވާފައި އޮންނަނީ އަބަދުވެސް އަރިމަތީ މޭޒުމަތީގައި ކަމަށްވާތީވެއެވެ. އެހެނަސް އޭނައަށް މި އޮވެވުނީ މުޅިން އާ ގެއެއްގައިކަން އެނގުންވުމުން މަލާކްގެ ހިތް ގެނބުނެވެ. އަދި އަމުދުން އިޙްސާސްކުރެވެމުން ދިޔަ ފިންޏަކުން އިސްޓާކީނަކުން ވެސް އޭނައަށް މާ ބޮޑު އެހީއެއް ނުލިބޭނެކަން ޔަޤީންވުމުން މަލާކަށް ސީދާވެލަމުން އެނދުގައި އިށީނދެވުނެވެ. ހަމަ އެވަގުތު އޭނައަށް ދެފައި ވެސް ލަންބާލެވުނު ހިނދު ފައިތިލައިން މުޅި ދެފަޔަށް ވެސް ފެތުރިގެން އައި ތަދާއެކީ މަލާކްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނައަށް މަޑުމަޑުން މަންމައޭ ކިޔައި ގޮވަމުން ކުކުރެން ފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަގެ ފައިގެ އިނގިލިތަކަށް ވާންވާން ފެށިހެން ހީވުމުން ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ހިނދު އޭނައަށް ހަޅޭއްލެވުނެވެ.

"މަންމާ!" މަލާކްގެ ރޮވިފައި އަޑު ޖެހިގެން ހުރި ކޮޓަރީގައި ހުރި އަޔާޒަށް އިވުމާއެކު އޭނައަށް ކަންބޮޑުވުމަކާއެކީ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. ދެވަނަ ފަހަރަށް ވެސް މަލާކް އިހުނަށްވުރެ ބޮޑަށް ރޮވިފައިވި އަޑަކުން މަންމާއޭ ކިޔައި ގޮވާލި އަޑަށް އަޔާޒަށް އެ ދޮރާއި ދިމާލަށް ދެވުނީ ދެވަނަ ވިސްނުމެއްވެސް ނެތިއެވެ. ކޮޓަރީގެ ދޮރު ހުޅުވި އަނެއް ކޮޓަރި ތެރޭގައި ފިޔަވަޅު އެޅުމާއެކު އޭނައަށް ފާރާއި ދިމާލަށް އަތް ދިއްކޮށްލަމުން ކޮޓަރީގެ އަލި ބޮކިތައް ދިއްލާލެވުނީ ވެގެން އުޅޭ ގޮތް ބަލަން ހިތް އަވަސްވެފައިވުމުންނެވެ. ކުއްލިއަކަށް ދިއްލިގެން ދިޔަ ބޮކިތަކާއިއެކީ ސްވިޗްތަކުގެ ކައިރިން އަޔާޒް ފެނިގެން ދިޔުމުން ސިއްސައިގެން ދިޔަ މަލާކް ގަތް ކުއްލި ބިރާއެކީ އޭނައަށް ހަޅޭއްވެސް ލެވުނެވެ. ހަމަ އެހިނދު އޭނައަށް ރަނގަޅަށް ރޮއިވެސް ގަނެވުނެވެ. އަޔާޒް އެކަމާމެދު ހުއްޓުން އެރި ވަގުތު މަލާކަށް އެހެންވެދާނެ ކަމާމެދު ވިސްނާނުލެވުނު ކަމަށްޓަކައި ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރި ވެސް ކުރެވުނެވެ. އެހެނަސް ވެގެން އުޅޭ ގޮތެއް ބަލަން އޭނަ އަވަސްވިއެވެ.

"ކިހިނެއްތަވީ؟" އަޔާޒް މަލާކާއި ދިމާލަށް ދިގު ފިޔަވަޅުތަކެއް އަޅަމުން އެ ސުވާލުކުރީ ވެސް ރަޖާގެ ދަށުން މަލާކް އޭނަގެ ފައިގައި ހިފަހައްޓައިގެން ހުރިކަން ފާހަގަކުރަމުންނެވެ.

"ފް...ފަޔަށް ތަދުވަނީ...އަހް!" މަލާކަށް އެހެން ބުނެލެވުނީ ރުއިމުގެ ތެރެއިންނެވެ. އޭނައަށް ރޮވުނީ ހަމައެކަނި ވަމުން ދިޔަ ތަދެއްގެ ސަބަބުންނެއްނޫނެވެ. އެހެނެއްކަމަކު އޭނައަށް މި ވަމުންދާ ގޮތުގެ އާޚިރު ނަތީޖާ ނިކުމެދާނެ ގޮތް ވެސް ތަކުރާރުކޮށް ސިފަކުރެވެމުން ދިޔަ ގޮތުންނެވެ. އޭނަ ވެގެން ދާނީ ބީރައްޓެހި ބައެއްގެ ތެރޭގައި ވާގި ދޫވެފައި އޮންނާނެ ޒުވާނަކަށްތޯ އެ ކުޑައިރުކޮޅުގެ ތެރޭގައި އެތައް ހާސް ފަހަރަކު އޭނަގެ ހިތަށްއެރިއެވެ. އޭނަ އަމިއްލަ ޚިޔާލުތަކުގައި ވަނިކޮށް އަޔާޒް ގޮސް ސުވާލެއްވެސް ކުރުމެއްނެތި އެނދުގެ ފައި ލާ ކޮޅާއި ދިމާލުން ރަޖާ ހިއްލައި މަލާކްގެ ފައި ފެންނާނެހެން އެ ބައި ދުރުކޮށްލިއެވެ. އެހިނދު މަލާކްގެ އިނގިލިތަކަށްވެފައި ހުރި ގޮތް ފެނިފައި ވީ ގޮތް ނަގައިގަނެވުނު ހިނދު އަޔާޒަށް ދެދަތްޕިލަ ޖައްސާލެވުނީ އަމިއްލަ ނަފްސަށް ވީ ނުރުހުމުގައެވެ. އޭނަ ވަގުތުން ކޮޓަރީގެ ކިޔަވާ މޭޒު ކައިރިއަށް ގޮސް އޭގެ މަތީގައި އޮތް އޭސީ ރިމޯޓް ނަގައި އޭސީ ނިވާލިއެވެ. އޭސީ ނިވިގެން ދިޔަ އަޑަށް މަލާކް ރުއިން މަޑު ކުރަމުން އެއްފަހަރު އޭސީއަށް އަނެއްފަހަރު އަޔާޒަށް ބަލާލިއެވެ. އެ ހިނދު އަޔާޒް އަނބުރާ އޭނަ ގާތަށް އަންނަން ފެށުމުން މަލާކަށް ރޯން ނޭނގިފައި އަޔާޒަށް ބަލަން އިނދެވުނެވެ. އޭނަ ބަލަބަލާ އިންދާ އަޔާޒް އައިސް އެނދުގެ ފައިލާ ކޮޅުގައި އިށީނދެ އޭނަ ކައިރި ކޮށްގެން އިން ދެ ފިޔަވަޅުގެ އިނގިލިތަކުގެ މަތީގައި އަޔާޒްގެ ބޮޑު އަތް އެޅިއެވެ. އެ އަތުގެ ހޫނުކަން އިޙްސާސް ކުރެވިގެން ދިޔައީ އޭނަގެ ފައިގެ އިނގިލިތަކަށް އެކަނި ކަމަށްވިޔަސް އެ ހޫނުކަމުގެ އަސަރު މަލާކް މުޅި ހަށިގަނޑަށް ފޯރިއެވެ. މުޅި މީހާ ގަނޑުވާން ކައިރިވެފައި ވަނިކޮށް ވިރިގެންދާން ފެށިހެން ހީވިއެވެ. ހިތުގެ ތެޅުން ވެސް އަވަސްވެ މޭތެރެއިން އެ ތެޅުމުގެ އިޙްސާސް ކުރެވެން ފެށި ގޮތުން ހިތަށްވެސް އާ ދިރުމެއް ލިބިގެން ދިޔަހެން އޭނައަށް ހީވިއެވެ. އެހިނދު އޭނަގެ ފައި މަތީގައި އެޅިފައިވި އަޔާޒްގެ އަތަށް ބަލަން އިނދެފައި މަލާކަށް އަޔާޒްގެ މޫނަށް ބަލާލެވުނެވެ. އޭނައަށް ފަސްދީގެން އިށީނދެ އިން އަޔާޒްގެ ނަޒަރު ހުއްޓިފައިވީ އޭނަގެ ފަޔަށް ކަމަށްވުމުން މަލާކަށް ފެންނަމުން ދިޔައީ އެ މޫނުގެ އެއްބައެވެ. އެ މޫނުމަތީގައިވި ކަންބޮޑުވުން މަލާކަށް ފެނުނު ވަގުތުވެގެން ދިޔައީ އޭނަގެ އިނގިލިތަކުގެ ވާންކަން ކެނޑެން ފެށިހެން ވެސް އޭނައަށް ހީވި ވަގުތެވެ. ހަމަ އެ ހިނދު އޭނަގެ ހަނދާނަށް އައީ އޭނަ ކުޑައިރު މިގޮތަށް ކަންތައް ދިމާވި ދުވަހެކެވެ. އެދުވަހު އޭނަގެ އިނގިލިތަކުގައި ހިފަހައްޓައި އޭނަ ރަނގަޅުކޮށްދިނީ އޭނަގެ މަންމައެވެ. މަންމަ ހަމައެކަނި އަތް އަޅައިގެން އޭނަ ރަނގަޅު ކޮށްދިން ގޮތުން ވީ ޙައިރާނުގައި މަލާކަށް އެދުވަހު ސުވާލެއް ކުރެވުނެވެ.

"ކީއްވެތަ މަންމަ އަތް އެޅީމަ ހެޔޮވާންވީ؟ މިއީ ކޮންމެވެސް ކަހަލަ މެޖިކެއްތަ؟" 7 އަހަރުގެ މަލާކް އެނދުމަތީގައި އިނދެ އެ ސުވާލު ކުރީ އުޖާލާވި ހިނިތުންވުމަކާއި އެކީގައެވެ.

"ހެހެ....މިއީ މެޖިކެއް ނޫނޭ ދަރިފުޅު...މަންމަ އަތް އެޅީމަ މަލާކް ރަނގަޅުވަނީ މި ދުނިޔެއިން މަލާކަށް އެންމެ ހެޔޮ އެދޭ އަދި މަލާކްދެކެ އެންމެ ލޯބިވާ މީހަކީ މަންމަ ކަމަށްވާތީ!" މަންމަ އެވަގުތުކޮޅުގެ އުފާވެރިކަން ދެގުނަ ކުރުމުގެ ގޮތުން ދިނީ އެ ޖަވާބެވެ. އެއީ ޙަޤީޤީ ސަބަބަށް ނުވާނެކަން މަލާކަށް އޭރުވެސް އެނގުނެއްކަމަކު ކުޑައިރު އިވުނު އެ ބަސްތައް މަލާކްގެ ހިތުގައި ބިންވަޅު ނެގިފައިވެއެވެ. އަދި މީހަކުދޭ ލޯތްބެއްގެ ސަބަބުން ވެސް ބައްޔެއް ރަނގަޅުވެދާނެ ކަމަށް އޭނައަށް ހިތުގެ އަޑިން ޤަބޫލުކުރެވެއެވެ.

އަޔާޒަށް ބަލަން އިނދެ އެ ޚިޔާލު ހިތަށް ވެރިވުމުން މަލާކްގެ މުޅި ގައިން ހީބިހި ނެގިއެވެ. އޭނަ އެއްކަލަ ޒާތަށް ތުރުތުރު އަޅަން އުޅުނުހެން ހީވުމުން ދެފަރާތުން އެނދުމަތީގައި ބޭއްވިފައި އޮތް ދެއަތުން ބެޑްޝީޓްގައި ހިފައި މުއްކަވާލެވުނީ ބޮޑު ލަދަކުން ސަލާމަތްވުމަށް ސިކުނޑި ބުނަމުން ދިޔަ މިންވަރުންނެވެ. މިއޮތްފަދަ ރެއެއްގައި އަޔާޒްގެ ކުރިމަތީގައި އޭނައަށް އެހެން ދިމާވެއްޖެނަމަ އަޔާޒް ހީކުރާނެ އެއްޗެއް އެނގެނީއެއްނޫން ވިއްޔާއެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. އޭގެ މާ ގިނައިރެއްނުވެ އަޔާޒްގެ އަޑު އިވުނެވެ.

"ސޮރީ...." އަޔާޒް އިންގޮތަށް އިނދެ ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އެއާއެކު މަލާކްގެ ހިތަށް އަރާ ފައިބަމުން ދިޔަ ޖަޒުބާތުތަކައް ވެސް ގެއްލި ދިޔައީ ދާންވީ މިޞްރާބެއް ނޭނގުނު ފަދައަކުންނެވެ. މިވަގުތު އަޔާޒް އޭނައަށް މަޢާފަށް އެދެންވީ ސަބަބެއް މަލާކަށް ނުވިސްނުމުންނެވެ. އޭނަ އަޔާޒަށް ބަލަން އިންދާ އަޔާޒް ދެންވެސް އޭނަގެ އަތް އޮތް ގޮތަށް ބާއްވާފައި މަލާކަށް ބަލާލިއެވެ.

"ރަށުގަ އުޅޭއިރު މިހެން ނުވޭދޯ؟" އަޔާޒް އަހާލީ އެނގެން ބޭނުންވެގެންނެވެ. އެހިނދު ވެސް އެ މޫނުމަތިން ފެންނަމުން ދިޔަ ކަންބޮޑުވުމުން މަލާކަށް އިނދެވުނީ އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައެވެ.

"ން....ނޫނޭ. ކުރިން ވެ

ގުޅުންހުރި

ޚިޔާލު

Comments are closed.

More in ވާހަކަ