ބޭނުންވާނެ ތަކެތި
- ½ ޖޯޑު ވަޅޯމަސް (ކުދިކޮށް ކޮށާފައި)
- 15 ހިކަނދިފަތް
- ލުނބޯ
- ލޮނު
- ގިތެޔޮ މިރުސް
- 1 ބޮޑު ފިޔާ (ކޮށާފައި)
- 2 ޖޯޑުގެ ކާށިކިރު
ތައްޔާރުކުރާނެ ގޮތް
ފިޔަލާއި ހިކަނދިފަތާއި ގިތެޔޮ މިރުސް އެއްކޮށްލުމަށްފަހު ލުނބޮއާއި ލޮނު އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. މޮޑޭއިރު ދިޔަ ނިކުންނަ ވަރަށް ފިޔާތައް ރަނގަޅަށް ޗަސްވެސް ކޮށްލަންވާނެއެވެ. ދެން ވަޅޯމަސްކޮޅު އަޅާލާފައި އަނެއްކާވެސް ވަރަށް ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ކާށިކިރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
ޚިޔާލު