ރާއްޖޭގެ ޚަބަރު

ޢަދާލަތުގެ ޢިލްމުވެރިންގެ މަޖްލީހުން އޮންލައިން ދަރުސްތަކެއް ކުރިއަށް ގެންދަނީ

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖްލީހުގެ ފަރާތުން ސިލްސިލާކޮށް އޮންލައިން ދަރުސްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޕާޓީގެ އޮފިޝަލަކު ވިދާޅުވީ އޮންލައިންކޮށް ކުރިއަށް މިގެންދާ ސިލްސިލާ ދަރުސްތަކުގައި ދަރުސް ދެއްވާނީ އެޕާޓީގެ ޢިލްމުވެރިންގެ މަޖްލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިންއާއި ޢިލްމުވެރިންގެ މަޖްލީހުގެ ނައިބް ރައީސް ޑރ މުޙައްމަދު އިޔާޟް އަބްދުއްލަތީފުގެ އިތުރުން އައްޝައިޚް ހަސަން ލަތީފް މޫސާ އެވެ.

އެގޮތުން "ނަބިއްޔާއާއި އެކު" ނަމުގައި ކުރިއަށް ގެންދާ ދަރުސްތައް ދެއްވާނީ ޝައިޚް އިލްޔާސްއެވެ. އެކިއެކި ފަރާތްތަކާއި ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމް މުޢާމަލާތް ކުރެއްވެވި ގޮތާއި ގުޅޭގޮތުން ކުރިއަށް ގެންދާ މިދަރުސްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުގެ ހަވީރު5:30 އިން6:00 އަށެޥެ.

ޑރ ޢިޔާޟް ކުރިއަށް ގެންދަވާ އައްމާ ފޮތުގެ ތަފްސީރު ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުދަ ދުވަހުގެ13:30 އިން14:00 އަށެވެ.

ޝައިޚް ހަސަން ލަތީފް މޫސާގެ ހަދީޡް ކްލާސްތައް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު އަދި އަންގާރަ ދުވަހުގެ ހަވީރު5:30 އިން6:00 އަށެޥެ.

މިދަރުސްތައް އަދާލަތު ޕާޓީގެ ފޭސްބުކް ޕޭޖާއި ޓްވިޓަރ އެކައުންޓްގެ އިތުރުން ދަރުސް ދެއްވާ ޝައިޚްގެ ފޭސްބުކް ޕޭޖާއި ޓްވިޓަރ އެކައުންޓުން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *