ރާއްޖޭގެ ޚަބަރު ތަޖުވީދު ކިޔަވައިދޭ އޮންލައިން ކުލާސްތަކެއް ސަލަފުން ފަށަނީ

ތަޖުވީދު ކިޔަވައިދޭ އޮންލައިން ކުލާސްތަކެއް ސަލަފުން ފަށަނީ

ތަޖުވީދު ކިޔަވައިދޭ އޮންލައިން ކުލާސްތަކެއް ސަލަފުން ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތަޖުވީދު ކިޔަވައިދޭ އޮންލައިން ކުލާސްތަކެއް ފަށަން ހަމަޖެހިފައިވާ ކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން ހާމަކުރި ގޮތުގައި މާދަމާ ފަށާ "ތިލާވަތުލް ޤުރްއާނު" ކުލާހުގެ މުދައްރިސަކީ އަލްޤާރީ މުޙައްމަދު ތައުފީޤު އެވެ. ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް ޗެނެލްއިން ލައިވްކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިކްލާސްތަކަކީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 14:30 އަށް ކުރިއަށްދާ ކުލާސްތަކެއް ކަމަށް އެޖަމިއްޔާއިން ހާމަ ކުރެއެވެ.

"ތިލާވަތުލް ޤުރްއާނު" ކުލާސް ފެށުމުގެ މަޤްސަދާއި ބެހޭ ގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ވެބްސައިޓްގައި އެޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވެފައިވަނީ "އަޅުގަނޑުމެންގެ ޔޫޓިއުބް ޗެނަލުން ތަޖުވީދާ ބެހޭ ފިލާވަޅުތަކެއް ކޮންމެދުވަހަކު ގެނެސްދިނުމުން އޭގެ ފައިދާ ޚާއްޞަކޮށް ކުޑަކުދިންނަށް ވަރަށް ބޮޑަށް ކުރާނެ. ދެން މި ޕްރޮގްރާމު އަޅުގަނޑުމެން އަމާޒުކޮށްފައިވާނީވެސް ކުޑަކުދިންނަށް. އެހެންނަމަވެސް ތަޖުވީދަށް ޤުރްއާން ކިޔެވުމަށް މަސައްކަތްކުރަމުންދާ އެންމެހައި ފަރާތްތަކަށް މި ޕްރޮގްރާމުން ވަރަށްބޮޑަށް މަންފާއެއް ކުރާނެ." ކަމަށެވެ.

މި ޕްރޮގްރާމް ގިނަ ފަރާތްތަކަކުން ބައްލަވައި ފައިދާ ލިބިގަތުމަކީ ޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެއްކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ.

"ތިލާވަތުލް ޤުރްއާނު" ކުލާހުގެ މުދައްރިސް އަލްޤާރީ މުޙައްމަދު ތައުފީޤު ޢަލީއަކީ، ކީރިތި ޤުރްއާން ތަޖުވީދު މަގުން ކިޔަވައިދިނުމުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން، ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2019 ވަނީ ލިބިވަޑައިގެންފައެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.