ގުރުއާން އެމްބަސެޑަރ (ސަފީރުލްޤުރާން) ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. ދެ ޖިންސުގެ މީހުންނަށާއި އެކު އުމުރުގެ މީހުންނަށްވެސް ބައިވެރި ވެވޭނެ ކަމަށް ފޭސްބުކްގައި ޑރ، ޝަހީމް ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. ތިރީގައި އެވަނީ ގުރުއާން އެމްބަސެޑަރ (ސަފީރުލްޤުރާން) ގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތަކެވެ.
- ޤުރުއާން ދެކެ ލޯބިވާ، ހިލޭ ސާބަހަށް ޤުރުއާން ސޯޝަލް މީޑިޔާގަ ޕްރޮމޯޓްކުރުމުގެ ޤާބިލްކަން ހުރުން.
- ބަލައިގެން ޤުރާން ކިޔަވަން ދަންނަ އިސްލާމްދީނުގެ ޙުކުމްތަކަށް ބޯލަނބައި ޙުރުމަތްތެރިކޮށްހިތާ އަޚުލާޤު ރަނގަޅު މީހަކަށްވުން.
ގުރްއާން އެމްބެސެޑަރުގެ މަސްއޫލިއްޔަތުވެސް ވަނީ ޑރ، ޝަހީމް ހާމަކުރައްވާފައެވެ؛
- އެކި ޤާރީންގެ ކިޔެވުން ސޯޝަލްމީޑިޔާގައި ދޭތެރެ ދޭތެރެއިން ޝެއަރ ކުރުން
- ޤުރުއާންގެ އާޔަތެއްގެ ތަރުޖަމާ އެކި ބަސްބަހުން މަދުވެގެން ކޮންމެ ހަފްތާއަކު އެއްފަހަރު ޝެއަރކުރުން
- ޤުރުއާން ކިޔެވުމަށް ހިއްވަރު ދިނުން.
- ޤުރުއާން ހިތު ދަސްކުރަން ހިއްވަރު ދިނުން.
- ޤުރުއާން އަދި އިސްލާމް މުދައްރިސެއް ނަމަ ފޭސްބުކް މެދުވެރިކޮށް މަދުވެގެން ދެމަހުން އެއްފަހަރު ޤުރުއާން ގަޑިއެއް ނަގައިދިނުން.
- ޤުރުއާނާ ގުޅޭ ކަންކަން ސޯޝަލްމީޑިޔާގައި އެކި ބަސްބަހުން ފެތުރުން
ގުރުއާން އެމްބަސެޑަރ (ސަފީރުލްޤުރާން) ކުރިއަށްދާނީ ކިހިނެއް؟
ޑރ ޝަހީމް ވިދާޅުވީ މިއީ ޝަރަފްވެރި މަސައްކަތެއް ކަމަށާއި ހިލޭ ސާބަހަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި ހެޔޮ ނިޔަތުގައި މި މަސައްކަތް ކުރުމުން މާތް ﷲ ސަވާބާއި ދަރުމަ ދެއްވާނެ ކަމަށެވެ. ޑރ ޝަހީމް އިތުރަށް ވިދާޅުވީ ޤުރުއާން އެމްބަސެޑަރގެ މަޤާމަށް އެބޭފުޅަކު ޢައްޔަންކުރާނެކަމަށައި އެއަށް ފަހު، އެމީހަކު ބޭނުންކުރާ ސޯޝަލް މީޑިޔާގެ އެކައުންޓް ތަކުގައި ޤުއާން އެމްބަސެޑަރ ޖެހުމަކުން މައްސަލައެއްނެތްކަމަށެވެ. މިއީ ޤުރުއާނަށް ޚިދުމަތްކުރާ ހާ ހިނދެއްގައި އުމުރަށް ބޭނުންކުރެވޭނޭ ލަޤަބެއްކަމަށާއި މީގެ މަޤުޞަދަކީ ސޯޝަލް މީޑިއާގައި ﷲ ގެ ކަލާމްފުޅު މަތިވެރިކޮށް، ރާއްޖެއާއި ދުނިޔެއަށް އިސްލާމް ދީނާއި ޤުރުއާނުގެ މަތިވެރިކަމާއި ސަމާޙަތްތެރިކަން ފެތުރުންކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އަދި "ގިނަ ބަޔަކަށް ޤުރުއާން ވާޞިލްކޮށްދެއްވިއްޖެނަމަ" މަޤްސަދު ހާސިލްވީ ކަމަށެވެ.
މިއީ މިހާރު ކުރިއަށް މި ގެންދެވޭ ޤުރުއާން ޗެލެންޖް ޙަރަކާތުގެ ބައެކެވެ. އެހެންކަމުން ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ، އިސްލާމްދީނުގެ ކަންކަމަށް ޙުރުމަތްތެރިކޮށްހިތާ ކޮންމެ މީހަކަށް ވެސް ޤުރުއާން އެމްބަސެޑަރ އަކަށް ވެވިދާނެއެވެ. އަދި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފު ކަމެއް ކޮށްފި ނަމަ ޤުރުއާން އެމްބަސެޑަރގެ މަޤާމު ގެެއްލޭނެ ގޮތަށްވެސް ވަނީ ކަނޑައަޅާފައެވެ.
ގުރުއާން އެމްބަސެޑަރ (ސަފީރުލްޤުރާން) ގެ ސޯޝަލް މީޑިއާ ލިންކްތައް:

















advertisment
ޚިޔާލު