ރާއްޖޭގެ ޚަބަރު ޝައިޚް މަކާރިޘީ ރާއްޖެވަޑައިގެންފި

ޝައިޚް މަކާރިޘީ ރާއްޖެވަޑައިގެންފި

ޝައިޚް މަކާރިޘީ ރާއްޖެވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީސް ފައުންޑޭޝަންގެ "ދަ ލެގަސީ" އިވެންޓުގައި ތަޤްރީރުކުރެއްވުމަށް އައްޝައިޚް އަބްދުއްރަހީމް މަކާރިޘީ މިއަދު މެންދުރު ރާއްޖެ ވަޑައިގެންފިއެވެ.

ލެގަސީ އިވެންޓުގައި ޝައިޚް މަކާރިޘީ ދެއްޗާ ދަރުސް އޮންނާނީ މިމަހުގެ 5 ވަނަ ދުވަހުގެރޭ އަމީނިއްޔާ ސްކޫލްގައެވެ. ޝައިހް މަކާރިސީ ދަރުސް ދެއްވާނީ "ދަ ޕަވާ އޮފް ރިޕެންޓެންސް" މައުލޫއަށެވެ.

ޕީސް ފައުންޑޭޝަންގެ "ދަ ލެގަސީ" އިވެންޓަކީ ރާއްޖެއިން ބޭރުގެ އިލްމުވެރިން ރާއްޖެ ވަޑައިގެން ތަގުރީރުކުރެއްވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ އިވެންޓެކެވެ. މީގެ ކުރިން ޑރ ބިލާލް ފިލިޕްސްއާއި ޝައިހް ހުސައިން ޔީ އަދި ޝައިހް އަބޫ އުސާމާ ފަދަ ބޭފުޅުންވަނީ ރާއްޖެ ވަޑައިގެން ލެގަސީ އިވެންޓްގައި ތަގްރީރު ކުރައްވާފައެވެ.

ޝައިހް މަކާރިސީ އިސްލާމްވެ ވަޑައިގަތީ 1994 ވަނަ އަހަރުގައެވެ. އިސްލާމްވުމަށްފަހުގައި ސޫދާނަށް ކިޔަވައި ވިދާޅުވުމަށް ވަޑައިގެންނެވިއެވެ. އެއަށްފަހުގައި ސައުދީ އަރަބިއާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ޝައިހް މަކާރިސީ ތައުލީމު ހާސިލްކުރެއްވިއެވެ.

"ދަ ލެގަސީ" އިވެންޓް ކުރިއަށް ގެންދާ ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ އަދި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަގުސަދަކީ ތައުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމައެއް ބިނާކުރުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.