ރާއްޖޭގެ ޚަބަރު ލުތުފީ ގެނެސް ކަރެކްޝަންސްއާ ހަވާލުކުރާނީ މިސަރުކާރުން: އަލީ ޒާހިރު

ލުތުފީ ގެނެސް ކަރެކްޝަންސްއާ ހަވާލުކުރާނީ މިސަރުކާރުން: އަލީ ޒާހިރު

ލުތުފީ ގެނެސް ކަރެކްޝަންސްއާ ހަވާލުކުރާނީ މިސަރުކާރުން: އަލީ ޒާހިރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެސް މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއާ ހަވާލުކުރާނީ މިސަރުކާރުން ކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް މީގެ ދެމަސްކުރިން ލުތުފީ ހަވާލުވެފައިވީ ނަމަވެސް އަދިވެސް އޭނާ ރާއްޖެ ގެނެވިފައި ނުވުމުގެ ސަބަބުން ގިނަ ބަޔަކުދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ލުތުފީގެ މައްސަލައާއި ގުޅޭގޮތުން ޢަދާލަތު ޕާޓީގެ ނައިބް ރައީސްކަންވެސް ކުރައްވާ އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބަޔަކު ނުކޮށް ދޫކޮށްލިކަމެއްގެ ވާހަކަ ނުދައްކާނެ ކަމަށާއި އިރާދަކުރެއްވިއްޔާ ލުތުފީ މާލެ ގެނެސް ކަރެކްޝަންސްއާ ހަވާލުކުރާނީ މިސަރުކާރުން ކަމަށެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 2015 ވަނަ އަހަރު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގު) ސްރީލަންކާއިން ހައްޔަރުކޮށްގެން ގެނައި ގެނައުމަށް އިޝާރާތްކުރައްވާ އަލީ ޒާހިރު ވިދާޅުވީ ލުތުފީ ރާއްޖެ ގެންނާނީ ޝުމްބާ ގެނައި ގޮތަށް ޤާނޫނާއި ޚިލާފަށް ނޫންކަމަށާއި އެކަންކުރާނީ އެކަންކުރާނީ ދެޤައުމުގެ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ކުށެއްނެތް 19 ދިވެހިންގެ ލޭ އޮހޮރުވާލި ނޮވެމްބަރު 3 ގެ ހަމަލާގައި އިސްކޮށް ހުރި، ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ދިޔައީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. އޭނާ އެމްބަސީގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ދިޔަ ކަމަށް ދިވެހި ފުލުހުން ހާމަކުރީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވާލުމާ އެކު ސަރުކާރަށް އައި ފިއްތުންތަކުގެ ތެރޭގަ އެވެ. އަދި ލުތުފީ 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ އަންގާރަ ދުވަހު މީޑިއާގައި ވިދާޅުވި ނަމަވެސް އެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ރެއާ ހަމަވި އިރު ވެސް އެކަމެއް ނުވި އެވެ.

ލުތުފީ ލަންކާގައި ފިލާފައިވަނީ އެމްޑީޕީގެ ސަރުކާރުގައި ޖެނުއަރީ، 16، 2010 ގައި ބޭސްފަރުވާއަށް ފޮނުވުމުންނެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކަމަށް އިހުމާލުވި ކަމަށް ބަލައި ފުލުހުން އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.