ރާއްޖޭގެ ޚަބަރު ދީނުގެ ޢިލްމު ފެތުރުމަށް އިސްލާމިކް ޔުނިވަރސިޓީ ދެމިއޮތުން މުހިއްމު: އަދާލަތު

ދީނުގެ ޢިލްމު ފެތުރުމަށް އިސްލާމިކް ޔުނިވަރސިޓީ ދެމިއޮތުން މުހިއްމު: އަދާލަތު

ދީނުގެ ޢިލްމު ފެތުރުމަށް އިސްލާމިކް ޔުނިވަރސިޓީ ދެމިއޮތުން މުހިއްމު: އަދާލަތު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމް ދީނާއި ގުޅޭ ޢިލްމީ ދިރާސާތައް ކުރުމާއި އިސްލާމް ދީނުގެ ޢިލްމު ފެތުރުމަށް އިސްލާމިކް ޔުނިވަރސިޓީ ދެމިއޮތުމަކީ މުހިއްމު ކަމެއް ކަމުގައި އަދާލަތު ޕާޓީއިން ބުނެފިއެވެ.

އަދާލަތު ޕާޓީގެ ފަރާތުން މިފަދައިން ބުނެފައިވާއިރު އިއްޔެ ބޭއްވި ރައްޔިތުންގެ މަޖްލީހުގެ ބަހުސްގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންވަނީ ދިވެހިރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީއެއް ހުރުން ލާޒިމް ނޫންކަމާއި އިސްލާމީ ޔުނިވަރސިޓީގެ މަސައްކަތްތައް ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހިންގުމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އަދާލަތު ޕާޓީގެ ފަރާތުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އިސްލާމްދ ދީނާއި ގުޅޭ ޢިލްމީ ދިރާސާތައްކޮށް ދީނުގެ ޢިލްމު ފެތުރުމަށް އައިޔޫއެމް މުސްތަޤިއްލު ޔުނިވަރސިޓީއެއްގެ ގޮތުގައި ދެމިއޮތުމަކީ ކޮންމެހެން މުހިއްމުކަމެއް ކަމަށެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން އިސްލާމީ ޔުނިވަރސިޓީ އުވާލުމަށް މަޖްލީހުގެ ތަޅުމުގައި ދެއްކި ވާހަކައަށް ރައްދު ދެއްވާ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާޙިރުވެސްވަނީ ޓުވީޓުކުރައްވާފައެވެ. ޑރ ޒާހިރުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ވިދާޅުވެފައިވަނީ އިސްލާމިކް ޔުނިވަސިޓީ އާއި ގައުމީ ޔުނިވަސިޓީ އަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ ދެ މުއައްސަސާ ކަމަށާއި މި ދެތަން ދެ ޔުނިވަސިޓީގެ ގޮތުގައި ބާއްވައިގެން ތަރައްގީކޮށް ހަރުދަނާކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.