އަަލް ހިޖުރަ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ކޮންމެ ރަމަޟާންމަހަކު ކުރިއަށް ގެންދާ “ސެޓް ޔުއަރ ގޯލް” ހަރަކާތް މިއަހަރުވެސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
އަލް ހިޖުރަ ފަރާތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ މިރަމަޟާން މަހުވެސް “ސެޓް ޔުއަރ ގޯލް” ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މިއަހަރުގެ ހަރަކާތްވެސް ކުރިއަށް ގެންދަނީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ކަމުގައި އެފަރާތުން ބުނެއެވެ.
މިފަހަރުގެ “ސެޓް ޔުއަރ ގޯލް”ގެ ފުރަތަމަ އިވެންޓް 17 މެއި ވާ ހުކުރުދުވަހު ހަވީރު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްދާނެ ކަމަށް ހިޖުރައިން ބުނެއެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ދީނީ ގޮތުން އޮޅުންއަރާ ކަންކަންކަމާއި ގުޅޭގޮތުން ޝައިޚުންނާއި ސުވާލު ކުރުމުގެ ފުރުޞަތު މިހަރަކާތުގެ ތެރެއިން ލިބިގެންދާނެ ކަމަށް ހިޖުރައިން ބުނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކާއި ފޯނަށް ވީޑިއޯ އަދި އޯޑިއޯ ދަރުސްތައް އަޅައިދިނުމުގެ އިތުރުން ދީނީ އެކި މައުލޫމާތުތައް ލިބޭނެ ލީފްލެޓާއި ފޮތް މިހަރަކާތުގެ ތެރެއިން ބަހަމުން ގެންދާނެ ކަމަށް އެފަރާތުން ބުނެއެވެ.
ސެޓް ޔުއަރ ގޯލްގެ އިވެންޓަކީ ހިޖްރަގެ ފަރާތުން 1435 ވަނަ އަހަރުގެ ރަމަޟާންމަހުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

















ޚިޔާލު