މިއީ ކިތައް އިނގިލިކަން ބުނެދީބަލާށެވެ!

މިއީ ކިތައް އިނގިލިކަން ބުނެދީބަލާށެވެ!
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

قاضي اياس بن معاوية ގެ ބުއްދިވެރިކަމާ ވިސްނުންތޫނުކަމުގެ ވާހަކަ ހަތަރުފަރާތަށް ފެތުރި މަޝްހޫރުވެގެންވެއެވެ. ޝަރީޢަތުގެ ގޮނޑިކޮޅުގައި އިށީންނެވުމަށްފަހު އެކަލޭގެފާނު ކުރައްވާ ފައިޞަލާތަކުން މީސްތަކުން ޙައިރާންކޮށްލައެވެ. އެކަލޭގެފާނުގެ ވަރަށް ގިނަ ފައިޞަލާތަކެއްގެ ވާހަކަ ތާރީޚުގެ ފަތްފުށްތަކުގައި ބަޔާންވެގެންވެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން މަޝްހޫރު މޮޅެތި މީހުންނަށް ޢިއްޒަތްކޮށް ތަޢުރީފުކުރާ ވަރަށް ގިނަ މީހުން ތިބޭފަދައިން އެފަދަ މީހުންދެކެ ރުޅިއަންނަ ޙަސަދަވެރީންގެ ބޮޑު ޖަމާއަތެއްވެސް އޮވެއެވެ. އެގޮތުގެމަތީން އެއްވެސް ޙައްޤަކާނުލައި قاضي اياس بن معاوية އާއި ޙަސަދަވެރިވެ ޢަދާވަތްތެރިވެގަނެގެން އުޅޭ ބަޔަކު މިީހުންވެސް އުޅުނެވެ. އެބައިމީހުން ޤާޟީގެ ކިބައިން ޢައިބު ހޯދުމުގެ މަސައްކަތްފެށިއެވެ. އެއީ ކޮންމެވެސް ގޮތަކުން އެކަލޭގެފާނުގެ ޝަޚްޞިއްޔަތަށް ހުތުރުއެރުވޭތޯއެވެ.

ވަރަށް ބުރަ މަސައްކަތަށް ފަހު އެމީހުންގެ އަތުގައި އެއްކަމެއް ޖެހުނެވެ. އެކަމަކީ قاضي اياس އެކަލޭގެފާނުގެ އަރިހަށް ހުށައެޅޭ މައްސަލަތަކުގައި ވަރަށް އަވަހަށް ނިޔާއިއްވަވައެވެ. ހަމަކަށަވަރުންވެސް މިއީ ޤާޟީއެއްގެ ކިބައިގައި ހުރެގެންނުވާވަރުގެ ބޮޑު ޢައިބެކެވެ. އެހެނީ ޤާޟީއެއްގެ ކިބައިގައި ހުންނަންޖެހޭ ޙިލްމުވެރިކަމާ އެކަށޭނަ ގޮތަކީ ޙުކުމްކުރުމުގެ ކުރިން ފިސާރިރަގަޅަށް ހުށައެޅިފައިވާ މައްސަލަ އާއި މެދު ވިސްނާ ފިކުރުކުރުމެވެ. ޙަސަދަވެރީން އެކަލޭގެފާނާ ބެހޭގޮތުން ފަސާދައިގެ މިބަސް ރަށު ތެރެއަށް ދޫކޮށްލިއެވެ. އަދި މަޑުމަޑުން ޢާންމުންގެ ތެރޭގައި މިވާހަކަ މަޝުހޫރުވަމުންދިޔައެވެ. ޤާޟީ އަކީ ފައިސަލާކުރެއްވުމުގައި ވިސްނައިލެއްވުމެއްނެތި ފިސާރި އަވަސްއަރައިވަޑައިގަންނަވާ ބޭކަލެކެވެ.

އަނެއްކޮޅުން ޤާޟީ އަށް ވެސް ޙަސަދަވެރިންގެ ތުންތެޅުވުމުގެ އަޑު އިވިވަޑައިގެންފިއެވެ. އެކަލޭގެފާނުވެސް ޙަސަވެރިންނަށް ފިލާވަޅެއް ދެއްވުމަށް ގަސްތުކުރެއްވިއެވެ. قاضي اياس ވަރަށް އަދަބު އިޙުތިރާމާއެކު ޙަސަދަވެރީންގެ ބަޔަކު އެކަލޭގެފާނުގެ މަޖްލީހަށް ގެންނެވިއެވެ. އެބައިމީހުންނަށް ކަމޭ ހިތްތެވިއެވެ. ޢިއްޒަތްދެއްވިއެވެ. ރަގަޅަށް ކާންދެއްވިއެވެ. ދެން ވާހަކަދައްކަވަން ފެއްޓެވިއެވެ. ވާހަކަދައްކަވަމުން ވަޑައިގެން ކުއްލިއަކަށް އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އުފުއްލަވައިލެއްވުމަށްފަހު ސުވާލުކުރެއްވިއެވެ. [އެކުވެރިންނޭވެ! މިއީ ކިތައް އިނގިލިކަން ބުނެދީބަލާށެެވެ!]

އެ މަޖްލީހުގައި ތިބި މީހުން އަވަސްއަވަހަށް އެކަލޭގެފާނުގެ އަތްތިލައަށް ބަލައިލުމަށްފަހު އެންމެ އެއްފަހަރާ ބުންޏެވެ. [ފަހެކެވެ. ސާހިބާއެވެ! ބަރާބަރު ފަސް އިނގިއްޔެވެ.]

ޤާޟީ ހިނިތުންވުމުގެ ނަޒަރުން އެމީހުންނަށް ބައްލަވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. [އެކުވެރިންނޭވެ! ކަލޭމެން ޖަވާބު ދިނުމުގައި ތިހާ އަވަސްވެގަތީ ކީއްވެހެއްޔެވެ؟ ކަލޭމެން އެކެއް، ދޭއް، ތިނެއް، ހަތަރެއް، ފަހަކާ ހިސާބަށް ގުނައިލުމަށްފަހު ކުޑަކޮށް އިންތިޡާރުކޮށްލިނަމައެވެ. ވިސްނާ ފިކުރުކޮށްލިނަމައެވެ. ކުޑަކޮށް މަޑުކޮށްލުމަށްފަހު ޖަވާބުދިންނަމައެވެ.]

އެބައިމީހުން ބުންޏެވެ. [ޢިއްޒަތްތެރި ޤާޟީއެވެ! މިކަމުގައި ވިސްނާ ފިކުރުކުރަން މަޑުކުރުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ އޭގެ ޢަދަދު އަހަރަމެންނަށް އެނގޭއިރު  މަޑުކުރަންޖެހޭތޯއެވެ؟]

އެހިނދު ޤާޟީ ވަރަށް މަޑުމައިތިރިކަމާއި ހަމަޖެހުމާއެކު ވިދާޅުވާން ފެއްޓެވިއެވެ. [ތިމަންގެ ކައިރިއަށް މައްސަލަ ހުށައެޅުމުން ދެބައިމީހުންގެ ބަސް އަޑުއެހުމަށްފަހު ވަގުތުން އެމައްސަލައިގެ އެންމެ ފުނަށް ތިމަން ވާޞިލުވަމެވެ. ދެން އެއަށްފަހު ހުކުމް އިއްވުން ލަސްކުރަންވީ ކީއްވެތޯއެވެ؟]

قاضي اياس މި މިސާލުން އިޢުތިރާޟްކުރި މީހުންނަށް ޖަވާބުދެއްވިއެވެ. އެފަދައިން ޙަސަދަވެރިންގެ މަކަރު ނާކާމިޔާބުވިއެވެ. އަދި ޙުކުމް އިއްވުމުގައި އެކަލޭގެފާނު އަވަސްވެވަޑައިނުގަންނަވާކަން އެމީހުންނަށް އެނގުނެވެ. އަދި ކިއެއްތަ! ﷲ ތަޢަލާ، އެކަލޭގެފާނަށް ދެއްވާފައިވާ މަތިވެރި ޞަލާޙިއްޔަތުގެ ސަބަބުން މައްސަލައިގެ އެންމެފުނަށް ވާޞިލުވެވަޑައިގެންނެވުމަށްފަހު ދެން ލަސްކުރުމެއްނެތި ހުކުމް އިއްވަވަނީއެވެ.

އެމަޖްލީހަށް ޙާޟިރުވެ ތިބި އެންމެވެސް އެނބުރި ދިޔައީ ޤާޟީގެ ވިސްނުންތޫނުކަމަށް އިޢުތިރާފުވާ ޙާލުގައެވެ. އަދި މަޖްލިސްތަކުގައި އެކަލޭގެފާނާ ޚިލާފަށް ދައްކަމުން ގެންދިޔަ ވާހަކަތައް ދެކުން އެހިސާބުން ހުއްޓާލިއެވެ.

 

މަޞްދަރު: ސުންހެރޭ ފައިސަލާ/ ޢަބްދުލްމާލިކް މުޖާހިދު

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.