ރާއްޖޭގެ ޚަބަރު އައިއޭސީގެ ވޮލަންޓިއަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި

އައިއޭސީގެ ވޮލަންޓިއަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި

އައިއޭސީގެ ވޮލަންޓިއަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގައި ވޮލަންޓިއަރކޮށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އައިއޭސީގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ އައިއޭސީގައި ހިލޭ ސާބަހަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލީ އައިއޭސީގެ މަސައްކަތުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށާއި މިކަމުގެ ސަބަބުން ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީވުމުށް ކުރަމުންދާ މަސައްކަތުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ނާއިފް ވިދާޅުވީ މިކަމުގެ ސަބަބުން ބޭނުން ޖެހިފައިވާ މީހުންނަށް އެހީވުމަށް ފައިސާ ހޭދަކުރުމުގެ އިތުރުންވެސް ވޮލަންޓިއަރުންގެ ހުރި ހުނަރުތައް ބޭނުންކޮށްގެން އެހެނިހެން ގޮތް ގޮތުންވެސް އެހީތެރިކަން ބޭނުންވަ ފަރާތްތަކަށް އެހީވުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށެވެ. އަދި މިމަސައްކަތުގެ ތެރެއިން ވޮލަންޓިއަރުންގެ ހުރި ހުނަރުތައް ތަރައްޤީ ކުރުމަށް ފުރުޞަތު ލިބި މުޅިންއައު ތަޖުރިބާތަކެއްވެސް ލިބިގެންދާނެ ކަމަށް ނާއިފް ފާހަގަ ކުރެއްވިއެވެ.

އައިއޭސީގައި ވޮލަންޓިއަރެއްގެ ގޮތުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފޯމް ފުރުމުގެ އިންތިޒާމް އެފަރާތުންވަނީ ހަމަޖައްސާފައެވެ.

އައިއޭސީގެ ވޮލަންޓިއަރެއްގެ ގޮތުގައި ރަޖިސްޓްރީކުރާ ފޯމް

އައިއޭސީއިން މިހާތަނަށްވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ކާމިޔާބު ކަމާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

  • 2017 ވަނަ އަހަރުގެ ކުރީކޮޅު “ހެލްޕް ސީރިޔާ” ނަމުގައި ހިންގި ހަރަކާތުން 8 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ސޫރިޔާގެ ރައްޔިތުންނަށް ފޮނުވާފަވޭ
  • 2017 ވަނަ އަހަރުގެ އޮކްޓޫބަރމަހު ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހިންގި ހަރަކާތުން 4.2 މިލިއަން ރުފިޔާ ފޮނުވާފަވޭ
  • 2018 އަހަރު ޣޫތާ އެމަޖެންސީ ރިލީފް ފަންޑުގެ ނަމުގައި ހިންގި ހަރަކާތުން 1.3 މިލިއަން ރުފިޔާ ފޮނުވާފަވޭ
  • 1439 ވަނަ އަހަރުގެ ރަމަޟާންމަހާއި ދިމާކޮށް ޣާޒާގެ ރައްޔިތުންނަށް “ލޯތްބާއެކު” ނަމުގައި ހިންގި ހަރަކާތުން 2.4 މިލިއަން ރުފިޔާގެ ކާބޯތަކެތި ފޯރުކޮށްދީފައިވޭ
  • ޣާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ރައްކާކުރާނެ ހަމާއި ކަރަންޓް ފޯރުކޮށްދިނުމަށް ޖަނަރޭޓަރ ފަދަތަކެތި ފޯރުކޮށްދިނުމަށްވެސް ހަރަކާތްތަކެއް ހިންގާފަވޭ
  • ސޫރިޔާގެ އިދްލިބްގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރއިން ނޮވެމްބަރއަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވޭ
  • "ހެލްޕް ޔަމަން މޯލްޑިވްސް" ހިންގި ހަރަކާތުން 2 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީގެ ތަކެތި ޔަމަނުގެ ރައްޔިތުންނަށް މިއަހަރު ފޯރުކޮށްދީފައިވޭ

އައިއޭސީގެ ހަރަކާތްތައް ފަށާފައިވާނީ 2016 ވަނަ އަހަރުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.