ވިލިމާލޭގައި އަލަށް އިމާރާތްކުރި "މަސްޖިދުލް ބިއްރި" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު މެންދުރުފަހު ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އިސްލާމިކް މިނިސްޓަ ޑރ އަހުމަދު ޒާހިރާއި ސަރުކާރުގެ އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މަސްޖިދުލް ބިއްރިއަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ޖާގައިގެ ގޮތުން 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެކެވެ.
މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ރައީސް ޞާލިހްވަނީ އެމިސްކިތުގައި ކުރެވުނު އަޞްރު ނަމާދުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...