ރާއްޖޭގެ ޚަބަރު ޝައިޚް އަބްދުއްސަލާމްގެ ދަރުހެއް ހުޅުމާލޭގައި ބާއްވަނީ

ޝައިޚް އަބްދުއްސަލާމްގެ ދަރުހެއް ހުޅުމާލޭގައި ބާއްވަނީ

ޝައިޚް އަބްދުއްސަލާމްގެ ދަރުހެއް ހުޅުމާލޭގައި ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް އަބްދުއްސަލާމް ދާޥޫދުގެ ދަރުހެއް ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދަރުސް އިންތިޒާމްކުރާ އަލް ހިޖްރަ ޖަމިއްޔާއިން ބުނި ގޮތުގައި 26 އޭޕްރީލްވާ ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުހަކީ ކުރިއަށް އޮތް ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އެޖަމިއްޔާއިން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ހުކުރުދުވަހުގެރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަރުސް އަލް ހިޖްރަގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން ބުނެއެވެ. މިދަރުސްގެ މައުޟޫއަކީ "ޒަމާނީ ބަދަލުތަކާއެކު މުސްލިމުން" މިއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހިޖްރަގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވޯރކްޝޮޕެއްގައިވެސް ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.