ހަޤީޤީ ޓެރަރިސްޓުން
ހިތާމަވެރި ޙާދިޘާއެކެވެ. މިއަދު މުޖުތަމަޢު ހޭލައިފިއެވެ. ޙާދިޘާގެ ބޮޑުކަމުން އިންސާނިއްޔަތަށް ލޮޅުމެއް އަރައިގެން ދިޔަފަދައެވެ. އެ ޖަރީމާއަކާ ކުރިމަތިލާނޭ ގޮތަކާއިމެދު ހޯދާ ބެލުމަށް އަދި އެ ޖަރީމާއަކަށް މަގުފަހިވާ ހުރިހާ ދޮރެއް ބަންދުކުރުމަށް، ދުނިޔޭގެ ޤައުމުތަކުގެ ވެރިންނާއި ޢަރަބި ޤައުމުތަކުގެ ވެރީން ޖަމާވެއްޖެއެވެ. މި ޖަރީމާއާއި ކުރިމަތިލުމަށް، ސަލާމަތީ ކޮމެޓީއެއް އުފެއްދި، ވަރުގަދަ ފިޔަވަޅުތަށް ކަނޑައެޅިގެންދިޔައެވެ. އެކަމުގައި ބައިވެރިވީހާ ބަޔަކާއި ހިތްވަރުދިންހާ ބަޔަކު ހައްޔަރުކުރެވުނެވެ. އެއާޕޯޓުތަކާއި ޗެކްޕޮއިންޓުތަށް އެބައިމީހުންނަށް ހަރުކަށިކުރެވިގެންދިޔައެވެ. އެބައިމީހުންނަށް ނިސްބަތްވާ ޖަމްޢިއްޔާތަށް ވަގުތުން ހުއްޓުވާ ބަންދުކުރެވުނެވެ. މުޅި ދުނިޔޭގެ ނޫސްވެރިންތަށް ކެކިއަރައިގެންދިޔައެވެ. ޚަބަރުތައް ފެތުރިގެންދިޔައެވެ. މައްސަލަ ކޯޓުތަކަށް ހުށަހެޅި ވަގުތުން ބެލެންފެށިއެވެ. އެކަންކުރިމީހާ ކިޔެވި މުދަރުސާތަކުގެ މަންހަޖުތަށް އަލުން ބަލުން ރަނގަޅުތޯ ބެލި މުރާޖަޢާ ކުރެވުނެވެ. އެބައިމީހުންނާއި ގުޅުން އޮތް، ހެޔޮކަންތައްތަކަށް ހޭދަކުރާ މުއައްސަސާތައް ތަޅުއަޅުވާ ބަންދުކުރެވިގެންދިޔައެވެ. މި ޙާދިޘާ ތަކުރާރުވިޔަ ނުދިނުމަށް އެތަކެއް ގިނަގުނަ ފިޔަވަޅުތަކެއް ކަނޑައެޅިގެންދިޔައެވެ.
މިއަދު މިކަންކުރި މީހަކީ މުސްލިމަކަށްވީނަމަ، މިގޮތަށް ކަންތައްތައް ވެގެންދިޔައީހެވެ. އެހެނަސް މިއަދު މިކަން ކުރި މީހަކީ ޞަލީބީ ނަޞާރާދީނުގެ މީހަކަށް ނިސްބަތްވުމުން، މި ޙާދިޘާ ނިސްބަތް ކުރެވެނީ، އެމީހަކީ ކާކުކަން ނޭނގޭ މީހެއްގެ ގޮތުގައެވެ. ކޮން ދީނެއްގެ މީހެއްކަންވެސް ނޭނގޭނެ ގޮތަށެވެ. އަދި މި ޙާދިޘާއަކީ މީހެއް އަމިއްލަ ބޭނުމެއްގައި އެމީހާ އެކަނި ކުރި ކަމެއް ކަމުގައި ސިފަކުރަމުންދެއެވެ. އެކަމަކު، މިކަން ކުރީ މުސްލިމަކު ކަމުގައިވީނަމަ، އެއީ ބޮޑުވެގެންވާ ޓެރަރިސްޓެއް ކަމުގައި، ހައްދު ފަހަނަޅާފައިވާ މީހެއް ކަމުގައި، ދީނީގޮތުން ހަރުކަށި، އިސްލާމީ މަންހަޖުގެ މަތީގައި ތަރުބިއްޔަތުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައެޅި އަދި އިސްލާމްދީނަކީ އެފަދަ ކަންކަމަށް ހިތްވަރުދޭ ދީނެއްކަމަށް ސިފަކުރެވި، އިސްލާމްދީނަކީ އެ ދީނަކާ ދެކޮޅަށް ހަނގުރާމަ ކުރަންޖެހޭ އިންސާނިއްޔަތާ ދެކޮޅު ފިކުރެއް ކަމުގަ ސިފަކުރެވިގެންދިޔައީހެވެ. މިއީ އެބައިމީހުން މިޒާތުގެ ކަންތައް ޢަދުލުވެރިކަމާއެކީ މާނަކުރާ ގޮތެވެ.
ނިއުޒީލޭންޑުގެ އަހަރެމެންގެ މުސްލިމް އަޚުންނަށް އަހަރެމެން ބުނެލަމެވެ. ތިޔަބައިމީހުންގެ ލެޔަކީ އަހަރެމެންގެ ލެއެވެ. އަހަރެމެން ތިޔަބައިމީހުންނަށް ހެޔޮ ދުޢާއާއެކު ތަޢުޒިޔާކިޔަމެވެ. ﷲ ތަޢާލާ ތިޔަބައިމީހުންގެ ކިބައިން މުޞީބާތް ފިއްލަވާންދޭވެ. އެކަމަކު ﷲ ޤަންދީބުނަމެވެ. އެ މަރަކީ އެފަދަ މަރަކުން މަރުވުމަށް އަހަރެމެން އެންމެންވެސް އުންމީދުކުރާފަދަ މަރެކެވެ. އެކަލާނގެ ގެކޮޅުތަކުގެތެރޭން ގެކޮޅެއްގައި ނަމާދުކުރުމާއި ނަމާދުގެ އިންތިޒާރުގައި ތިބި ޙާލުގައިމެއެވެ. މިއަށްވުރެ ވަކީން ހެޔޮ މަރަކީ ފަހެ ކޮބައިތޯ؟ ތިޔަބައިމީހުން އެއުރެންނަށް ޝަހީދުވީކަމުގެ ތަހުނިޔާ ކިޔާށެވެ. ﷲ ތަޢާލާ އެ ޙާދިޘާގައި ޝަހީދުވީމީހުންނަށް ރަޙުމަތްލައްވާށިއެވެ.
ޚަބަރުފަތުރާ ފަރާތްތަކަށް ބުނެލަމެވެ. ﷲއަށް ބިރުވެތިވެ، މިކަމުގެ ޙަޤީޤަތާއި އެއްގޮތަށް ޚަބަރު ފަތުރައްވަވާށެވެ. އަދި ދުނިޔެއަށް ފެންނާނޭހެން ހާމަކުރައްވަވާށެވެ. މި ޞަލީބީ މަސީހީ މީހާ އޭނާ ގެންގުޅުނު ހަތިޔާރުގައި އެބައިމީހުންގެ ޞަލީބީ ބޮޑުންނާއި ވެރިންގެ ނަންތަށް ލިޔެފައިވާކަން ދުނިޔެއަށް ފެންނާނޭހެން ހާމަކުރައްވާށެވެ. އޭނާ މުސްލިމުން މަރަން ބޭނުންކުރި ހަތިޔާރުގައި ދުނިޔޭގެ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރި އެބައިމީހުންގެ ވެރިންގެ ނަންތަށް ލިޔެ އެއިން މުސްލިމުން މަރަމުންދިޔައެވެ. އަދި އެ ޓެރަރިސްޓު ޞަލީބީ ކަލޭގެ، އެ ޖަރީމާގެ މައްޗަށް ފަޚުރުވެރިވެ، މުސްލިމުން މަރަމުންދާތަން ވީޑިޔޯކޮށް ފޭސްބުކުގައި ލައިވް ކުރަމުންދިޔައެވެ. އަދި އެއަށް ތާއީދުކުރާ ޓެރަރިސްޓުންގެ އެތަށް ބައެއްގެ ސަޕޯޓު އޭނާއަށް ލިބިގެންދިޔައެވެ. މިއީ ޓެރަރިސްޓުންގެ ޙަޤީޤަތް ދުނިޔެއަށް ހާމަކޮށްދޭން އަހަރެމެން ޙައްޤުގެ އަހުލުވެރީންނަށް ލިބިފައިވާ ފުރުޞަތެކެވެ. ޓެރަރިސްޓުންނަކީ ކޮންބައެއްކަން އެއުރެން ދެނެގަތުމަށްޓަކައެވެ. އަދި މިއީ އިސްލާމްދީނަކީ ސަލާމަތާއި އަމާންކަމުގެ ދީންކަން ސާބިތުކޮށްދޭން ލިބިފައިވާ ފުރުޞަތެކެވެ. އަދި އެބައިމީހުން، އާދެ ކާފަރުންނާއި ދޮގުވެރި ނޫސްވެރިން، މުސްލިމުންނަށް ނިސްބަތް ކުރަމުން އެގެންދާ ޓެރަރިޒަމަކީ އެއީ އެބައިމީހުން ބައިވެރިވެގެން މުޑުވަށްކުރި ކުރިތަކެއްކަން ސާބިތުކޮށްދޭން ލިބިފައިވާ ފުރުޞަތެކެވެ. އަދި ޓެރަރިޒަމުގެ ދަރީންނަށް ކާންދީ ހިތްވަރުދެމުންދާ މީހުންނަކީ ކާފަރުންކަން ސާބިތުކޮށްދޭން ލިބިފައިވާ ފުރުޞަތެކެވެ. އެ ޓެރަރިސްޓު އަނިޔާވެރިންނާއިމެދު ލޯމަރާލައިގެން ތިބި މީހުންނަކީ ހަމަ އެބައިމީހުންކަން ސާބިތުކޮށްދޭން ލިބިފައިވާ ފުރުޞަތެކެވެ. އެއުރެން އެބުނާ އިސްލާމެފޯބިޔާގައި ބައިވެރިވެ، މުސްލިމުންނާއިމެދު މީސްތަކުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ބިރުވެރިކަން އުފައްދާ، މުސްލިމުންނަކީ މަރަންޖެހޭ ޓެރަރިސްޓުން ކަމުގައި ސިފަކޮށްދޭ މީހުންނަކީ ހަމަ އެބައިމީހުންކަން ސާބިތުކޮށްދޭން ލިބިފައިވާ ފުރުޞަތެކެވެ.
މުސްލިމުންނާ ދެކޮޅަށް ޢަދާވާތްތެރިކަމުގެ އަލިފާން ރޯކުރި މީހުންނަކީ އެއުރެންނެވެ. މި ޤަތުލުޢާންމުގެ ޒިންމާ ނަގަންޖެހޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ. އެހެނީ އެބައިމީހުންވަނީ ހުރިހާ މުސްލިމުންނާއިމެދު މީސްތަކުންގެ ހިތުގައި ރުޅިވެރިކަމާއި ނަފުރަތްތެރިކަން އުފައްދާފައެވެ. އިސްލާމްދީންވަނީ އަނިޔާވެރިކަމުން ބަރީޢަވެގެންނެވެ. އިސްލާމްދީނަކީ އަނިޔާވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް އެކުލެވިގެންނުވާ، ސާފުސީދާ ދީނެކެވެ. އަދި އިސްލާމްދީން ރަޙުމަތާއި އޯގާތެރިކަމުގެ ސިފައިގައި ދާއިމަށް ދެމިއޮންނާނެއެވެ. މުސްލިމުންނަށް ނަޞްރުދޭ މަދަދުވެރިޔެއްކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...