ރާއްޖޭގެ ޚަބަރު "ދަ ޑައިލޮގް ވިތް ޝަހީމް" ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

"ދަ ޑައިލޮގް ވިތް ޝަހީމް" ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

"ދަ ޑައިލޮގް ވިތް ޝަހީމް" ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު "ދަ ޑައިލޮގް ވިތް ޝަހީމް" ނަމުގައި ސިލްސިލާ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމަވައިފިއެވެ.

ޑރ ޝަހީމް ވިދާޅުވީ މިޕްރޮގްރާމްތަކުގެ ތެރެއިން ޒަމާނީ އިސްލާމީ އެކިއެކި މައުޟޫތަކަށް ޒުވާނުންނަށް ގިނަ މައުލޫމާތު ތަކެއް ލިބިގެން ދާނެ ކަމަށާއި މިޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ކޮންމެ 3 މަހުން ކަމަށެވެ. މިޕްރޮގްރާމްތަކުގެ ތެރެއިން މައުޟޫއާއި ގުޅޭގޮތުން އިތުރަން އޮޅުން ފިލުވަން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތުވެސް ހުޅުވާލެވިފައި އޮންނާނެ ކަމުގައި ޝަހީމް ވިދާޅުވިއެވެ.

"ދަ ޑައިލޮގް ވިތް ޝަހީމް" ގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ރަމަޟާންމަހުގެ ތެރޭގައެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގައި ސައުދީ އަރަބިޔާގެ ޖިއްދާގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ޑރ ޝަހީމް މިޕްރޮގްރާމްތައް ހިންގެވުމަށް ކޮންމެ 3 މިހަކުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވަނީ ވިދާޅުވެފައެވެ.

ޑރ ޝަހީމް ވިދާޅުވީ ދީނީ ޚިދުމަތެއް ގޮތުގައި ދެކި، އިސްލާމީ ދައުވަތުގެ މަސައްކަތް ކުރުމާއި ރާއްޖެއަށް ޚިދުމަތް ކުރުންމަތީ އަބަދުވެސް ދެމިހުންނާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.