ރާއްޖޭގެ ޚަބަރު ލާދީނީ ކަންކަމަށް ތާއީދުކުރާތީ ދިއްދޫ ކައުންސިލްގެ ރައީސް މަޤާމުން ވަކިކޮށްދިނުމަށް އިލްތިމާސްކުރަނީ

ލާދީނީ ކަންކަމަށް ތާއީދުކުރާތީ ދިއްދޫ ކައުންސިލްގެ ރައީސް މަޤާމުން ވަކިކޮށްދިނުމަށް އިލްތިމާސްކުރަނީ

ލާދީނީ ކަންކަމަށް ތާއީދުކުރާތީ ދިއްދޫ ކައުންސިލްގެ ރައީސް މަޤާމުން ވަކިކޮށްދިނުމަށް އިލްތިމާސްކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހއ ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ލާދީނީ ކަންކަމަށް ތާއީދުކުރާ ކަމަށްބުނެ އޭނާގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކޮށްދިނުމަށް އިލްތިމާސް ކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ހުސައިން ސިމާން ކިޔާ ފަރާތަކުން ފޭސްބުކްގައި އާއްމުކޮށްފައިވާ މިޕެޓިޝަނުގައި ބުނެފައިވަނީ އިސްލާމްދީނާއި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމައަށާއި އެކަލޭގެފާނުގެ އަޞްހާބުންނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކަށް ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ހިތްވަރުދީ، އެމީހުންގެ ދިފާއުގައި ޝޯޝަލް މީޑިއާފަދަ ޕެލްޓްފޯމްތަކުގައި ވާހަކަދައްކައި، އެމީހުންނަކީ މޮޅު ބައެއްކަމަށާއި އެމީހުން އެދައްކާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ކަމަށް ބުނަމުން ގެންދާކަމަށެވެ. އަދި މި ކަމަކީ ދިއްދޫ ރައްޔިތުންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމް ދީނަށް އޮތް ލޯތްބާއި އިޙްތިރާމަށް ނުބަލައި ރަށުގެ ރައްޔިތުން ބަދުނާމު ކުރުމުގެ އަމަލެއްކަމުގައި ދެކޭ ކަމަށާއި ދިވެހީންގެ އެއްބައިވަންތަކަމުގެ އަޞްލުކަމުގައިވާ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރު ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބަކަށް ވީހިނދު މިފަދަ ހައްސާސް މައްސަލައެއްގައި، ދިއްދޫ ކައުންސިލުގެ ރައީސްކަން ކުރައްވާ ބޭފުޅަކު މިފަދަ ގޮތަކަށް އާއްމުންގެ ތެރޭގައި ފިތުނަވެރިކަން އުފެދޭނެ ވާހަކަތަކެއް ދައްކާފައިވާކަމީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ.

https://www.facebook.com/chii.monn/posts/1251493141682664

އެގޮތުން އަލީ ހާޝިމް ކޮށްފައިވާ މިއަމަލުގެ ސަބަބުން، ދިއްދޫ ކައުންސިލްގެ ރައީސްގެ މަޤާމުގައި އިތުރަށް ހުރުން އެއީ އެއްވެސް މިންވަރަކަށް ދިއްދޫ ރައްޔިތުން ބޭނުންވާނެކަމެއް ނޫންކަމުގައި ފާހަގަކުރާ ކަމަށާއި އެހެންކަމުން އަލީ ޙާޝިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައި އެބޭފުޅާގެ އިތުބާރު ނެތްކަމަށް ފާސްކޮށްދެއްވުން އެދި ކައުންސިލްގައި ދެން ހިމެނިވަޑައިގެންނަވާ 04 މެމްބަރުންނަށް އިލްތިމާސްކުރާ ކަމަށް މިޕެޓިޝަނުގައި ބުނެފައިވެއެވެ.

ފޮޓޯ: ސިރޫ އާރޓްސް ޕޭޖް

އިސްލާމްދީނުގެ ޙުކުމްތަކާއި ރަސޫލާއާއި ގުޅޭގޮތުން މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) ދައްކަމުންދާ ވާހަކަތަކަށް ދީނީ ޢިލްމުވެރިންނާއި އާއްމުންގެ ނުރުހުން އަމާޒުވެފައިވަނިކޮށް އިބްރާއާއެކު ހުރި ކަމަށްބުނެ އަލީ ހާޝިމް ކޮށްފައިވާ ޓުވީޓުގެ ޚަބަރު ވަގުތު ނޫހުން ގެނެސްދީފައިވަނީ އޮޅުވާލައިގެން ކަމުގައި އަލީ ހާޝިމްވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.