ޤާޟީންނަށް ކުރި ތުހުމަތުތަކުގެ މައުލޫމާތު ދޭން ޖެހިއްޖެ

ކްރިމިނަލް ކޯޓުގެ ބައެއް ޤާޟީންނާއި ގުޅޭގޮތުން މަރާލާފައިވާ މީހުންނާއި ވީނުވީއެއްނޭގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކުގެ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެދިއްޖެ އެވެ. ސުއޫދުގެ ވާހަކަތަކާ ގުޅިގެން ޑީޖޭއޭއިން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ސުއޫދު ދެއްކެވި ވާހަކަތަކުގައި ސުޕްރީމް ކޯޓުން ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށާއި އެ ވާހަކަތަކުގެ ހަޤީގަތް ހޯދައި އެކަމާ ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކަމާ ގުޅޭ މައުލޫމާތާއި ގުޅުން ހުރި ހެކިތަކުގެ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާ ކުރުމަށް އެކޮމިޝަނުގައި އެދިފައިވާ ކަމަށެވެ. މަރާލާފައިވާ މީހުންނާއި ވީނުވީއެއްނޭގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ފަރާތުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވެފައިވަނީ އެކޮމިޝަނުން ކިތަންމެ ރަނގަޅަށް މައްސަލަތައް ބެލިޔަސް ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި … Continue reading ޤާޟީންނަށް ކުރި ތުހުމަތުތަކުގެ މައުލޫމާތު ދޭން ޖެހިއްޖެ