ރާއްޖޭގެ ޚަބަރު ޢުމްރާއަށް މީހުން ގެންދިޔުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްފި

ޢުމްރާއަށް މީހުން ގެންދިޔުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްފި

ޢުމްރާއަށް މީހުން ގެންދިޔުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް މިއަހަރުގެ ޖެނުއަރީމަހު ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމިކް އެފެއަރޒުން ބުނެފައިވަނީ ޢުމްރާއަށް މީހުން ގެންދިޔުމަށް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތި 31 ޖެނުއަރީ 2019 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން އޮތްގޮތުން މިހާރު ދީފައިވާ ހުއްދައިގެ ދަށުން މީހުން އުމްރާއަށް ގެންދެވޭނީ އަންނަ އަހަރުގެ ޖަނަވަރީ 24 ވަނަ ދުވަހާ ހަމައަށެވެ.

މިއަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކަކީ:

1- މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް
2- އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
3- ޒައީ ގުރޫޕް ޕްރައިވެޓް ލިމިޓެޑް
4- ތައިސީރު ޓްރެވަލްސް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް
5- އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް
6- އަލްއައިން ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް
7- މުސާފިރީން ޕްރައިވެޓް ލިމިޓެޑް
8- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް
9- ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
10- އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
11- ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑް
12- ދަރުމަ ލިލްހައްޖި ވަލްއުމުރަތި ޕްރައިވެޓް ލިމިޓެޑް
13- ނަވާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް
14- ނިމްސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
15- ހިޖާޒް ޕްރައިވެޓް ލިމިޓެޑް ޕްރައިވެޓް ލިމިޓެޑް
16- އެކްރޯ ޕްރައިވެޓް ލިމިޓެޑް ޕްރައިވެޓް ލިމިޓެޑް

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ގެންދަނީ އެ އަހަރެއްގައި ރާއްޖެ އިން އުމްރާއަށް ގެންދަން ބޭނުންވާ ކުންފުނިތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.