ރާއްޖޭގެ ޚަބަރު ބަހުގައި ފީ ނަގަން ބޭނުންކުރާނީ ރިޗާޖްކުރެވޭ ކާޑެއް: އެމްޕީއެލް

ބަހުގައި ފީ ނަގަން ބޭނުންކުރާނީ ރިޗާޖްކުރެވޭ ކާޑެއް: އެމްޕީއެލް

ބަހުގައި ފީ ނަގަން ބޭނުންކުރާނީ ރިޗާޖްކުރެވޭ ކާޑެއް: އެމްޕީއެލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2019 ވަނަ އަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމްޕީއެލްއިން މިހާރު ދެމުން ގެންދާ ބަހުގެ ޚިދުމަތުން ފީ ނެގުމަށް ނިންމާފައިވާއިރު، ފީ ނަގަން ބޭނުންކުރާނީ ރިޗާޖް ކުރެވޭ "ޓަޗްލިންކް" ކާޑެއް ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ބަހުގެ ޚިދުމަތުން އަގު ނެގުމާއި ގުޅޭގޮތުން އެމްޕީއެލްއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުން ބަހުގެ ޚިދުމަތަށް އަގު ނެގުމަށް ތައްޔާރުކޮށްފައިވާ "ޓަޗްލިންކް" ކާޑް މިއަދުން ފެށިގެން މާލޭގެ ބަސް ޓަރމިނަލުންނާއި ހުޅުމާލޭ މެއިން ބަސް ސްޓޮޕްއިން ވިއްކަމުންދާނެ ކަމަށެވެ. އަދި ކާޑަށް ޓޮޕްއަޕް ކުރުމުގެ ޚިދުމަތްވެސް އެތަންތަނުން ލިބޭނެކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.

މިކާޑް އެމްޕީއެލްއިން ވިއްކުމަށް ހަމަޖެހިފައިވަނީ 20 ރުފިޔާ އަށެވެ. އަދި ބަހުގައި ދަތުރުކުރެވޭނީ މިކާޑް ޓޮޕްއަޕް ކޮށްގެން ކަމުގައި އެމްޕީއެލްއިން ބުނެއެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެއާއި ދެމެދު ދަތުރަކަށް 10 ރުފިޔާ ނެގުމަށް އެމްޕީއެލްއިންވަނީ ނިންމާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.